From Wikipedia, the free encyclopedia
މާލީއަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ބިންބަންދު ޤައުމެކެވެ. މާލީއަކީ އެފްރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން ހަތްވަނައަށް އެންމެ ބޮޑު ޤައުމެވެ. މުޅި ދުނިޔެއަށް ބަލާއިރު 24 ވަނައަށް އެންމެ ބޮޑު ޤައުމެވެ.
Republic of Mali République du Mali | |
---|---|
މޮޓޯ: "Un peuple, un but, une foi" "One people, one goal, one faith" | |
ވެރިރަށް and largest city | Bamako |
ރަސްމީ ބަސްތައް | French |
Vernacular languages | Bambara |
ޑިމޮނިމް | Malian |
ސަރުކާރު | Semi-presidential republic |
• President | Ibrahim Boubacar Keïta |
• Prime Minister | Modibo Keita |
Independence from France | |
• Declared | September 22, 1960 |
ސަރަޙައްދު | |
• Total | 1,240,192 km2 (478,841 sq mi) (24th) |
• Water (%) | 1.6 |
އާބާދީ | |
• 2009 estimate | 13,010,000[2] (71st) |
• Density | 10.5/km2 (27.2/sq mi) (207th) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $15.084 billion[3] |
• ބޮލަކަށް ޖެހެނީ | $1,129[3] |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $8.774 billion[3] |
• ބޮލަކަށް ޖެހެނީ | $656[3] |
ޖިނީ (1994) | 50.5 high |
އެޗްޑީއައި (2007) | 0.380 Error: Invalid HDI value (173rd) |
ފައިސާ | West African CFA franc (XOF) |
ޓައިމް ޒޯން | ޔޫޓީސީ+0 (GMT) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+0 (not observed) |
ޑްރައިވިންގ ސައިޑް | right[4] |
ކޯލް ކޯޑް | 223 |
އައިއެސްއޯ 3166 ކޯޑް | ML |
އިންޓަރނެޓް ޓީއެލްޑީ | .ml |
މާލީގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މާލީގެ މީހުންނަށް ކިޔަނީ މާލިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބަމަކޯއެވެ. މާލީގެ ވެރި ރަށަކީ ބަމަކޯއެވެ. މާލީއަކީ ސެމީ ޕްރެޒިޑެންޝަލް ރިޕަބްލިކެކެވެ. ޤައުމުގެ އާބާދީއަކީ 14 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 67 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.2 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ml. އެވެ. ކޯލިން ކޯޑަކީ +223 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ވެސްޓް އެފްރިކަން ފްރޭންކެވެ.
މާލީގެ ނަން ނިސްބަތް ކުރެވިފައިވަނީ މާލީ އެމްޕަޔަރ އަށެވެ.
މާލީގެ އުތުރުގައި އޮތީ ޖަޒާއިރެވެ. އިރުމަތީގައި އޮތީ ނީޖަރެވެ. ދެކުނުގައި އޮތީ ބުރުކީނާ ފާސޯ އާއި އައިވަރީ ކޯސްޓެވެ. ހުޅަނގު ދެކުނުގައި އޮތީ ގީނިއާއެވެ. ހުޅަނގުގައި އޮތީ މުރިޓާނިޔާ އާއި ސެނެގާލެވެ.
މާލީގެ ކުރީގެ ތާރީޚުން އެންމެ ފާހަގަކޮށްލެވޭ ޞަފްޙާތަކަކީ ގާނާ އާއި މާލީ އާއި ސޮންގާއީ އެމްޕަޔަރއާ ގުޅުން ހުރި ޞަފްޙާތަކެވެ. މި ހުރިހާ ވެރިކަމެއްގައި ވެސް ލީޑަރޝިޕް އޮތީ “އެންމެ ކަށަވަރު ނަސަބީ ގުޅުމު”ގެ މައްޗަށް ބިނާވެފައެވެ. މީގެ މާނައަކީ އެ ޒަޢާމަތުތަކަކީ މެޓްރިލީނިޔަލް އުޞޫލުން، ނުވަތަ މައިފުށުން ވާރުތަވާ ގޮތުން އައިސްފައިވާ ޒަޢާމަތުތަކެވެ. ވެރިކަން ވާރުތަ ވަނީ ރަސްގެފާނުގެ ދަރީންނަކަށް ނޫނެވެ. އެހެން ނަމަވެސް ރާނީންގެ ދަރީންނަށް ވާރުތަ ވާނެއެވެ. ރަސްކަލެއްގެ ވެރިކަން ވާރުތަވާނީ ރަސްގެފާނުގެ އެއްބަނޑު ފިރިހެނަކަށް ނުވަތަ އެއްބަނޑު އަންހެނެއްގެ ފިރިހެން ދަރިއަކަށެވެ. ފިރިހެން ދަރިއަކު ނެތް ނަމަ އެއްބަނޑު އަންހެނަކަށެވެ. ނުވަތަ އެއްބަނޑު އަންހެނެއްގެ އަންހެން ދަރިޔަކަށެވެ. މިވަރުގެ ގާތް މީހަކު ނެތް ނަމަ މައިފުށުގެ ބޮޑުދައިތަގެ ފިރިހެން ދަރިޔަކަށެވެ. ނެތް ނަމަ މައިފުށުގެ ބޮޑުދައިތަގެ އަންހެން ދަރިއަކަށެވެ. ރާނީންގެ ވެރިކަން ވާރުތަވާނީ ރާނީގެ ދޮށީ ފިރިހެން ދަރިފުޅަށެވެ. ފިރިހެން ދަރިޔަކު ނެތް ނަމަ ދޮށީ އަންހެން ދަރިފުޅަށެވެ. ދަރިއަކު ނެތް ނަމަ އެއްބަނޑު ފިރިހެނަކަށެވެ. މި ބައި ހިނގާނީ ރަސްކަލުންގެ ރަސްކަން ވެސް ވާރުތަވާ އުޞޫލުންނެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި މި އުޞޫލުން ވެރިކަން ވާރުތަކުރަމުން ދިއުމުން އަޞްލު ޝާހީ ޢާއިލާއާ ނުގުޅޭ މީހަކަށް، އޮޅުމަކުން ވެސް ވެރިކަމެއް ނުލިބޭނެއެވެ. އެއީ މައިފުށް ކަށަވަރު ވާނެތީ ކަމަށް ވެސް އެމީހުން ބުނެއެވެ. މީލާދީން 1591 ވަނަ އަހަރުން ފެށިގެން 1892 ވަނަ އަހަރަށް މާލީގެ ސަރަޙައްދު އޮތީ އެމްޕަޔަރގެ ދަށުގައި އޮތް އިރު އޮތް ގޮތަކަށް ނޫނެވެ. އެމްޕަޔަރގެ ބާރު ކެނޑިގެން ދިއުމުން ވެރިކަމުގެ އާރާއި ބާރު ދަށްވެ، ސަރަޙައްދު ކުޑަވެގެން ދިއުމަކީ ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް ފެނިފައިވާ ކަމެކެވެ. މީލާދީން 1892 ވަނަ އަހަރުން ފެށިގެން 1960 ވަނަ އަހަރާ ހަމަޔަށް މާލީ އޮތީ ފަރަންސޭސި ކޮލޮނީއެއްގެ ގޮތުގައެވެ. މާލީއަށް ފަރަންސޭސީންގެ ކިބައިން މިނިވަންކަންް ލިބިފައިވަނީ 22 ސެޕްޓެންބަރު 1960 ގައެވެ.
މާލީގެ އާބާދީގެ 90% މީހުންނަކީ މުސްލިމުންނެވެ. ކްރިސްޓިޔަނުންނަކީ 5% މީހުންނެވެ. އަދިވާސީ ދީންތަކަށް ތަބަޢަވާ މީހުންގެ ނިސްބަތަކީ 5% އެވެ.
މާލީގެ ސަގާފަތަށް ބަލާއިރު މާލީގެ އަވަށްޓެި ޤައުމުތަކާ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވެއެވެ. މި ގޮތުން މިއުޒިކުގައި ބުރުކީނާ ފާސޯއާ ވަރަށް އެއްގޮތެވެ. މީގެ އިތުރުން ފަރަންސޭސި އިސްތިޢުމާރުގެ ސަބަބުން ވެސް އަސަރުތަކެއް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.