ކެންދޫ (ބ. އަތޮޅު)
ދިވެހިރާއްޖޭގެ ރަށެއް From Wikipedia, the free encyclopedia
ދިވެހިރާއްޖޭގެ ރަށެއް From Wikipedia, the free encyclopedia
މި ރަށަކީ އާބާދީގައި 1300 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އަތޮޅުގެ އުތުރު ބިތުގައި އަތޮޅުވެރިކަންކުރާ ރަށް އޭދަފުއްޓާ އެންމެ ދުރުގައި އޮންނަ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބިމުގެ ގޮތުން އެންމެ ކުޑަ ރަށެވެ.
Kendhoo | |
---|---|
Inhabited island | |
ފައިލު:Kendhoo from north east.jpg | |
Script error: The function "main" does not exist. | |
Coordinates: 05°16′34″N 73°00′40″E | |
Country | Maldives |
Geographic atoll | Maalhosmadulu dekunuburi |
Administrative atoll | Baa Atoll |
Distance to Malé | 133.67 km (83.06 mi) |
ބޮޑުމިން | |
• Total | 0.145 km2 (0.056 sq mi) |
Dimensions | |
• Length | 0.600 km (0.373 mi) |
• Width | 0.350 km (0.217 mi) |
އާބާދީ (2018)[1] | |
• Total | 1,300 |
• Density | 9,000/km2 (23,000/sq mi) |
ފަންވަތް:Pluralize from text | ފަންވަތް:Pluralize from text |
Time zone | UTC+05:00 (MST) |
މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މުސްލިމުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ.
މިހާރު ކައުންސިލްގެ އިދާރާ ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ އޮފީހެކެވެ. އެކިފަހަރުމަތިން މަރާމާތުކުރެވި ޚިދުމަތް މިހާރުވެސް ދެމުން ގެންދަނީ މިތަނުގައެވެ.ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުން އުފެދުމާއިއެކު މިއިދާރާގެ ޖާގާއިގެ ދަތިކަންވަނީ ވަރަށްބޮޑުވެފައެވެ. ރަށް ތަރައްޤީވަމުން އަންނަ ވަރަކަށް ރަށު ކައުންސިލް އިދާރާއިން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައްވެސް ފުޅާކުރަންޖެހިފައެވެ. އެގޮތުން 2013 ވަނައަހަރުން ފެށިގެން އައިޑީ ކާޑު ހެދުމުގެ މަސައްކަތްވެސް މިއިދާރާއިންކޮށްދެއެވެ.
ކެންދޫސްކޫލްގައި ގްރޭޑް 10 ކިޔަވައިދެމުންގެންދެއެވެ. ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުވެ އެއްދުވަހުން އަނެއްދުވަހަށް ދަނީ ކުރިއަރަމުންނެވެ. ކެންދޫގައި އެއް ޕްރީސްކޫލް ުރެއެވެ. އެ ޕްރީ ސްކޫލް ހިންގަމުން ގެންދަނީ އަމިއްލަ ޖަމްއިއްޔާއަކުންނެވެ.
މިރަށުގައި ބަލިމީހުންނަށް ފަރުވާ ކުރުމަށްޓަކައި ސަރުކާރުން ހައްދަވައިދެއްވާފައިވާ ރަނގަޅު ފެންވަރެއްގެ ސިއްޙީ މަރުކަޒަކާއި ޑޮކްޓަރެއްގެ ޙިދުމަތް ލިބެން ހުރެއެވެ. 16ގަޑިއިރު ޚިދުމަތް ދެމުންގެންދާ މިމަރުކަޒުގައި ލެބޯޓްރީއަކާއި ބަލިމީހުން އުފުލުމަށްޓަކައި އެމްބިއުލާންސެއްގެ ޚިދުމަތްވެސް ދެއެވެ. މިރަށުގައި 2 ބޭސްފިހާރަ ހުރެއެވެ.
މިރަށަކީ އިހުޒަމާނުއްސުރެ ދިވެހި ބޭސްވެރިކަމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންއަންނަ ރަށެކެވެ. ރާއްޖޭގެ އެކިހިސާބުތަކުން ދިވެހި ބޭސްކުރުމަށްޓަކައި ވަރަށް ގިނަ މީހުން ރަށަށް އާދެއެވެ.
ރަށުގެ ސާފުތާހިރުކަމާއި އާންމުންގެ ރައްކާތެރިކަމަށްޓަކައި ހިންގޭ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން ރަށުގެ ސިއްހީ މަރުކަޒުގެ ފަރާތުން މަދިރި އުފެދި އާލާވާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލުމާއި މަދިރިން ރައްކާތެރިވާނޭ ގޮތްތަކާއި ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައްވެސް ހިންގައެވެ.
މި އީ ރާއްޖޭގެ ޤަދީމީ ތާރީޚީ ރަށެކެވެ. އެގޮތުން ކެންދޫ މަޝްހޫރުވެފައިވަނީ ރާއްޖެއިން ފުރަތަމަ އިސްލާމްވި ރަށުގެ ގޮތުގައެވެ. ރާއްޖެ އިސްލާމް ކުރެއްވި ޔޫސުފް ބަރުބަރީ ފުރަތަމަ ވަޑައިގަތީ ކެންދުއަށެވެ. ކެންދުއަށް ވަޑައިގެން ކެންދޫގެ މީސްތަކުންނަށް އިސްލާމްދީނަށް ގޮވައިލެއްވުމުގައި ރަށުގައި މަޑުކުރެއްވި ވަގުތު ކޮޅުގައި ނަމާދުފުޅު ކުރެއްވުމަށް ހުންނެވިތަން ނުވަތަ އެމަޤާމް ފާހަގަ ކުރުމުގެ ގޮތުން ބިނާއެއްވަނީ ހަދާފައެވެ. އެތަނަށް ދީފާއިވާ ނަމަކީ (ތަބްރޭޒްގެފާނުގެ މާޤާމް) މަގާންފުޅެވެ. އެއީ އެބޭކަލުގެ ހަނދާނުގައި ކެންދޫ ރައްޔިތުން ބިނާކުރެއްވިތަނެކެވެ.
އެމަޤާމަކީ އެރަށު މީހުން ވަރަށް ހުރުމަތްތެރިކޮށްހިތާ ތަނެކެވެ. ތަބްރޭޒްގެ ފާނުގެ އަސްލު ނަންފުޅަކީ މައުލާނަލް ޙާފިޟު އަބުލްބަރަކާތު ޔޫސުފް ބަރުބަރީ ކަމުގައި އެވޭލާ ޒަމާނުއްސުރެ ދޫމަތިން ކިޔަމުން އަންނާތީ ، ދިވެހިރާއްޖޭގެ ކަންކޮޅުތަކުންވެސް މި ދެންނެވިގޮތަށް އެމަޤާމު މަޝްހޫރުވެފައިވެއެވެ. އެމަޤާމު ފުރަތަމަ ޢިމާރަތްކުރެވުނީ ކޮންދުވަސް ވަރެއްގައި ކަން ތާރިޚީ ގޮތުން އެނގޭކަށް ނެތެވެ. ވޭތިވެދިޔަ ދިގު ޒަމާންތަކުގައި އެމަޤާމް އެތައް ފަހަރަކު މަރާމާތުކޮށް އައު ކުރެވިފައިވެއެވެ. މި މަސައްކަތް ކުރަމުން ގެންދަނީ ކެންދޫގެ ރައްޔިތުންނެވެ. ކެންދޫގައި ހުންނަ އިސްވެދެންނެވުނު މަޤާމުފުޅަކީ ތާރިޚީ ގޮތުން މުޚިއްމު ތަނެއްގެ ގޮތުގައި ސަރުކާރުން ބައްލަވާ ތަނަކަށް ނުވާކަމާއި ، ރާއްޖޭގައި ހުރި އާސާރީ ތަންތަންކަމަށް ސަރުކާރުން ބައްލަވާ ތަނުގެ ލިސްޓްގައި ހިމަނުއްވާފައިވާ ތަނަކަށް ނުވާތީ 2000 ވަނަ އަހަރުގެ ފަހުން އެމަޤާމުފުޅު ބެލެހެއްޓުން ކެންދޫގެ ރައްޔިތުންވަނީ ދޫކޮށްލައްވާފައެވެ.އެހެން ނަމަވެސް މަޤާމުފުޅު ބައުވެ ވީރާނާ ވަމުންދެއެވެ.
މިރަށުގައި މިހާރު ތިބި މީހުންގެ ތެރޭގައި ލުންފަރެންސް ފަޅުކޮށްފައި ފޭބި މީހުން ހިމެނެއެވެ. ރާއްޖޭގައި ރަސްކަން ކުރި " މާލެއި" އާއިލާގެ ރަސްކަމުގެ ތެރޭން މި ރަށުގެ ބޭކަލުން ވަޒީރުންގެ ތިއްބެވިއެވެ.އަދި ބައެއް ބޭކަލުން އެ އާއިލާގެ ބޭފުޅުން ކައިވެނި ބައްލަވައިގެން އުޅުއްވިކަންވެސް އެނގެއެވެ. މި ބޭކަލުންގެ ތެރޭގައި " ކެންދޫ ވެންގެ ހެލި ކަލޯ " ހިމެނެއެވެ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.