ޓޮމް އެންޑް ޖެރީ
From Wikipedia, the free encyclopedia
ޓޮމް އެންޑް ޖެރީ (އިނގިރޭސިބަހުން: Tom and Jerry) އަކީ އެކެޑަމީ އެވޯރޑް ކާމިޔާބު ކޮށްފައިވާ މަޝްހޫރު އަދި ކާމިޔާބު، ކުރު ސިނަމާ ކާރޓޫނު ސިލްސިލާ އެކެވެ. މިކާރޓޫނު އުފައްދައި، ލިޔެ، އަދި ޑައިރެކްޓް އެނިމޭޝަން ދާއިރާގައި ކުރިއަރާފައިވާ ވިލިއަމް ހަނާ އާއި ޖޯސެފް ބަރބަރާ އެވެ. (ފަހުން މިއީ ހަނާ ބަރބަރާ އެވެ.)
![]() | |
Created by | ވިލިއަމް ހަންނާ އަދި ޖޯސޮފް ބަރބަރާ |
---|---|
Starring | ޓޮމް އަދި ޖެރީ |
Country of origin | ![]() |
No. of episodes | 162 |
Running time | ކޮންމެ ކުރު ބައެއް 5 މިނިޓާއި 8 މިނެޓްގެ ދެމެދު |
Original run | 1940 – 2005 |
1940 ން 1957 އަށް މިސިލްސިލާ އުފައްދާފައި ވަނީ ހޮލީވުޑްގެ މަޝްހޫރު މެޓްރޯ-ގޯލްޑްވެއިން-މޭޔަރ އިން، އެ ސްޓޫޑިއޯގެ އެނިމޭޝަން ބައި މެދު ކެނޑެން ދެންށެވެ. 1960 ވަނަ އަހަރު ކޮންޓްރެކްޓެއްގެ ދަށުން އިރުމަތީ ޔޫރަޕްގައި މިކާރޓޫނު އުފެއްދުމުގެ މަސައްކަތް އެމް.ޖީ.އެމް އިން ރެމްބްރޭމްޑްޓް ފިލްމްސް އާއި ހަވާލު ކުރިއެވެ. ރެމްބްރޭމްޑްޓް ފިލްމްސް އަކީ ޖީން ޑީޗް ހިންގަމުން އައި ތަނެކެވެ.
1963 ގައި އަނެއްކާވެސް ހޮލީވުޑްގައި ޓޮމް އެންޑް ޖެރީގެ ބައިތައް އުފައްދަން ފެށުނެވެ. އެހެންނަމަވެސް މިފަހަރު މިބައިތައް އުފައްދަން ފެށީ ޗަކް ޖޯންސްގެ ސިބް-ޓަވަރ 12 ޕްރޮޑަކްޝަންސް އިންނެވެ. މިބައި ތައް 1967 އާ ހަމަޔަށް ދެމިގެންދިޔައެވެ. އެއަށްފަހު ޓީވީ އަށް ޓޮމް އެންޑް ޖެރީ ފާޅު ވެގެން ދިޔައީ ހަނާ ބަރބަރާ (1975-1977 : 1990-1993) އަދި ފިލްމޭޝަން ސްޓޫޑިޔޯ (1982- 1980) އިން އުފެއްދި ޓީވީ ކާރޓުނު ތަކަކުންނެވެ. ހަނާ ބަރބަރާ އިން އުފެއްދި ޓޮމް އެންޑް ޖެރީގެ އޮރިޖިނަލް ބައިތަކަށް ހަތް އެކެޑަމީ އެވޯރޑް ލިބިފައިވުމަކީ ފާހަނަގ ކޮށްލެވޭ ކަމެކެވެ.