From Wikipedia, the free encyclopedia
ދިވެހި އަދަބީ ތާރިހް ބެހިގެން ވަނީ މައިގަނޑު ތިން ދައުރަކަށެވެ. އެއީ އިންސާނެއްގެ އުމުރުގެ ކުރީ ކޮޅުގެ ތިން ދައުރާއި އެއްގޮތަށެވެ. އެންމެ ފުރަތަމަ ޅަފަތުގެ ދައުރު އެވެ. އެއަށް ފަހު ދެވަނަ އަށް ފިރުކިގަތް ދައުރު ފިރުކެންފެށި ދައުރެވެ. ތިންވަނަ ދައުރަކީ ހިނގައި ގަނެވުނު ދައުރެވެ. މިއިން ކޮންމެ ދައުރެއް އަނެއް ދައުރަށް ބަދަލުވެގެން ދިޔައީ ސަބަބު ތަކަކާއި ލައިގެންނެވެ. ދިވެހިންގެ ތެރެއަށް އިލްމު ފެތުރި އާންމުވެގެން ދިޔުމާއި، އޭގެ ސަބަބުން މީސްތަކުންގެ ވިސްނުމަށް ބަދަލު އައުމާއި، ލިޔެކިޔުމާއި، ޗާޕުގެ މަސައްކަތް ފަސޭހަ ވުމަކީ މީގެ ސަބަބުތައް ކަމުގައި ބެލެވެއެވެ.
ސިލްސިލާ ލިޔުންތަކުގެ ބައި |
ޅަފަތުގެ ދައުރު |
ފިރުކެންފެށި ދައުރު |
ނައިބު ތުއްތު/ޖަމާލުއްދީން |
ހިނގައި ގަނެވުނުދައުރު |
މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު |
ދިވެހި އަދަބީ ތާރީހުގެ އެންމެ ފުރަތަމަ ދައުރަކީ ބަޔާންވެ ދިޔަ ފަދައިން ޅަފަތުގެ ދައުރެވެ. މިދައުރަކީ އެއްގޮތަކަށްވެސް ޗާޕު ކޮށްގެން ލިޔުންތައް ލިޔެވުނު ޒަމާނެއް ނޫނެވެ. އެހެންކަމުން އެޒަމާނުގައި އަތުން ލިޔެގެންނާއި އަނގަބަހުން ކިޔައި ދީގެން ގެންގުޅުނު އަދަބީ ތަރިކައިގެ އެތައް އެއްޗެއް މިޒަމާނަށް އައި އިރު ވަނީ ގެއްލިފައެވެ. އެގޮތުން މިދުވަސްވަރުގެ އަދަބީ އުފެއްދުން ތަކުގެ ތެރެއިން މިހާރު ފެންނަން ހުރީ އެދުރު އުމަރު މާފަތް ކަލޭގެފާނު ބޮޑުތާހީދާއި (ރައިވަރު ފޮތެއް) ،އައްޑޫ ބަނޑޭރި ހަސަން މަނިކުފާނު ހެއްދެވި ދިޔޯގެ ރައިވަރާއި، އަރިއަތޮޅު އަރުމާދު ރައިވަރެވެ. މިދެންނެވި ބޮޑުތާހީދާއި، ދިޔޯގެ ރައިވަރާއި، އަރިއަތޮޅު އަރުމާދު ރައިވަރަކީވެސް އަތްއަތް މަތިން ރައްކާ ކުރެވިފައިވާ ތަކެއްޗެވެ. މިއީ ދިވެހި އަދަބުގެ ޅަފަރުގެ ދައުރުގެ އަދީބުންގެ ލިޔުންތެރިކަމުގެ ހުނަރުގެ އަލިގަދަ ހެކިތަކެވެ.
ދިވެހި އަދަބުގެ ތާރީހުގެ ފިރުކެންފެށި ދައުރަކީ ކުރީގެ ދައުރަށް ވުރެ، އިލްމުވެރީން ގިނަވެފައިވާ ދުވަސްވަރެކެވެ. އެންމެ ފުރަތަމަ ލިޔުންތައް ޗާޕު ކުރެވެން ފެށީ މިދައުރުގައެވެ. އަދި ދިވެހި ޅެންވެރިކަމަށް އާވައްތަރެއް ތަޢާރަފްވެގެން ދިޔައެވެ. އެއީ ޅެމެވެ. މިގޮތުން އެންމެ ފުރަތަމަ ޅެމެއް ހެއްދެވީ ހުތް އަލިދީދީ އެވެ. އެއީ އަރަބި ޅެންވަޒަނެއް އަސްލަކަށް ބައްލަވައިގެންނެވެ. ޅަފަތުގެ ދައުރާއި ފިރުކެންފެށި ދައުރުގެ ލިޔުންތަކަށް ބަލާއިރު އަދަބިއްޔާތަށް ފާހަނގަ ކުރެވޭ ބަދަލުތަކެއް އައިސްފައިވާ ކަމަށެއް ނުފެނެއެވެ. މިދެދައުރުގެ ލިޔުންތައް ހުރީ ދާދި އެއްގޮތަކަށެވެ.
މިދައުރުގައި ފާހަނގަ ވެގެން ދާ އަނެއްކަމަކީ ނައިބުތުއްތުގެ މަސައްކަތްތެރިކަމެވެ. އެކި ރޮނގު ރޮނގުން ފޮތްލިޔުއްވައި، ރައިވަރު ހެއްދެވިއެވެ. އަދި އެކަކުގެ އަތުން އަނެކަކުގެ އަތަށް ނަކަލުކުރެވެމުން އައި އައްޑޫބަނޑޭރި ހަސަން މަނިކުފާނުގެ ރައިވަރުތަކުން ކުށް ފިލުއްވައި ރަނގަޅު ކުރެއްވިއެވެ.
ނައިބުތުއްތުގެ އެންމެ އިސް އެއް ދަރިވަރަކީ ހުސެއިން ސަލާހުއްދީނެވެ. ނައިބު ތުއްތުގެ އަދަބީ މަސައްކަތްތަށް މިއަދާއި ހަމަޔަށް ގެނެސްދިން ބޭފުޅަކީ ހުސެއިން ސަލާހުއްދީނޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މިސަބަބަށްޓަކައި ހުސެއިން ސަލާހުއްދީން ހިމެނި ވަޑައިގަންނަވަނީ ދިވެހި އަދަބުގެ ތާރީހުގެ ފިރުކެންފެށި ދައުރާއި ހިނގައިގަނެވުނުދައުރާ ދެ ދައުރުގެވެސް އަދީބަކަށެވެ. އައްޑޫ މީދޫ ގަނޑުވަރު ޙަސަންދީދީ ގެ ދަރިކަލުން އެޅަގޭ ޢަބްދުﷲދީދީއަކީ ދިވެހި ރައިވަރުގެ ފުންނާބު އުސް އުސްތާޛެކެވެ. މިރޮނގުގައި އޭނާގެ އެންމެ ފާހަގަ ކުރެވޭ އެއްދަރިވަރަކީ ބޮޑު ފެންވަޅުގޭ ސީދީއެވެ.
ދިވެހި އަދަބިއްޔާތަށް ފާހަނގަ ކޮށްލެވޭ ބަދަލެއް އައިސްފައިވަނީ ހިނގައިގަނެވުނު ދައުރުގައެވެ. އެހެންނަމަވެސް ހިނގައިގަނެވުނު ދައރު ފެށުނު ދުވަސްވަރުގެ ލިޔުންތަކާއި އިބާރާތްކުރުމުގެ ވައްތަރުތައް ހުރީ ފިރުކެންފެށި ދުވަސްވަރުގެ ލިޔުންތަކާއި ދާދި އެއްގޮތަށެވެ. ނަމަވެސް މުހައްމަދު އަމީން އިސްވެ ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާ އެއްގެ ގޮތުން މިކަން ބަދަލު ކުރެއްވިއެވެ. އިބާރާތް ކުރުމާއި ޖުމްލަ އެކުލަވައިލުމުގައި އާ ގޮތްތަކެއް ހޯއްދެވިއެވެ. އެދުވަސް ވަރުގެ ލިޔުންތެރީންނާއި އަދީބުން މިކަން ކުރިއަރުވައި އާލާ ކުރިއެވެ. ރާއްޖެއަށް ތައުލީމު އާންމު ކުރުވަން ފެއްޓެވީ ވެސް މިދުވަސްވަރުގައެވެ. އަދި މިދުވަސްވަރު ޅެންވެރިންނާއި، އަދީބުންނާއި، ވާހަކަދެއްކުންތެރިން އުފެދިގެން ދިޔައެވެ. ރާއްޖޭގައި ނޫސްވެރިކަމާއި، އަދަބީ ޚަރަކާތެއްގެ ގޮތުގައި ޚަރަކާތްތަކެއް ހިނގަންފެށި އެންމެ ފުރަތަމަ ނޫސް މަޖައްލާ ނެރެން ފެށުނެވެ. އަދި ކުރިން ލިޔަމުން އައި ތާނައިގެ އަކުރުތަކުގެ ފައިކޮޅު ކުރުކުރެވުނެވެ. އޭގެ ކުރީގައި ލިޔެ އުޅުނީ ފައިކޮޅު ދިގު ތާނަ އަކުރުންނެވެ. ހިނގައިގަނެވުނު ދައުރުގެ ކުރީގައި ޖުމްލަތައް ބޭނުން ކުރަނީ "އެވެ" ބޭނުން ނުކޮށް "ހުށި"، "މެއަ" ފަދަ ގޮތަކަށެވެ.
މިސާލު
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.