![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/dv/thumb/e/ed/Incrediblesx.jpg/640px-Incrediblesx.jpg&w=640&q=50)
ދި އިންކްރެޑިބްލްސް
From Wikipedia, the free encyclopedia
ދި އިންކްރެޑިބްލްސް (އިނގިރޭސިބަހުން: The Incredibles) އަކީ ޕިކްސަރ އެނިމޭޝަން ސްޓޫޑިއޯސް އިން އެނިމޭޓް ކޮށް ތައްޔާރު ކޮށްފައިވާ ކުޑަކުދިންގެ ކާރޓޫނު ފިލްމެކެވެ. މިކާރޓޫނުގެ ވާހަކަ ލިޔެ ތައްޔާރު ކުރީ ބްރެޑް ބާރޑް އެވެ. އެއީ ދަ ސިމްޕްސަންސް ގެ ކުރީގެ ޑައިރެކްޓަރ އެވެ. އަދި މަޝްހޫރު ކާރޓޫނު، ދި އަޔަން ޖަޔަންޓްގެ ޑައިރެކްޓަރ އޭ ބުނުމުން ގިނަބަޔަކަށް ބްރެޑް ބާރޑް އެނގޭނެއެވެ.
ވާރނރ ބްރޯސްގެ އެނިމޭޝަން ޑިވިޜަން ބަންދު ކުރުމުން ބްރެޑް ބާރޑް ޕިކްސަރ އަށް ބަދަލުވިއެވެ. އަދި ދި އިންކްރެޑިބްލްސް ގެ ވާހަކަ ވެސް އެނާ އާއި އެކު ގެންދިޔައެވެ. ދި އިންކްރެޑިބްލްސް އަކީ ޕިކްސަރ އިން ރިލީޒް ކުރި 6ވަނަ ފީޗަރ ފިލްމެވެ. މިފިލްމު އހަރެމެންނަށް ހަދިޔާ ކުރީ ވޯލްޓް ޑިޒްނީ ޕިކްޗަރސް އިންނެވެ. އަދި މިފިލްމު ރިލީޒް ކޮށް އަހަރެމެންނާ ހަމައަށް ގެނެސް ދިނީ ބުއޭނާ ވިސްޓާ ޑިސްޓްރިބިއުޝަން އިންނެވެ. އެއީ 5 ނޮވެމްވަރ 2005 ގައި ނޯރތް އެމެރިކާ ގައެވެ. އަދި ހަމަ އެ އަހަރުގެ ނޮވެމްވަރ މަހުގެ 26 ވަނަ ދުވަހު ޔުނައިޓެޑް ކިންގޑޮމް އަދި ރިޕަބްލިކް އޮފް އަޔަރލޭންޑް ގައެވެ. އެމް.ޕީ.އޭ.އޭ ގެ ފަރާތުން ޕީ.ޖީ (PG) ގެ ގޮތުގައި ރެޖިސްޓަރ ކުރެވުނު ފުރަތަމަ ޕިކްސަރ ފިލްމަކީ ވެސް ދި އިންކްރެޑިބްލްސް އެވެ. 15 މާރޗް 2005 ގައު މި ކާރޓޫނު ރިލީޒް ކުރެވުނީ (ވައިޑް ސްކްރީން އަދި ފުލް ފްރޭމް ވާރޝަން ހިމެނޭ ގޮތަށް) ޑީވީޑީ 2 ސީޑީގެ ގޮތުގައެވެ. އިންޓަރނެޓް މޫވީ ޑާޓާބޭސް އިން ހާމަ ކުރާ ގޮތުގައި 2005ގައި އެންމެ ގިނަ އަދަދަކަށް ވިކުނު ޑީވީޑީ އަކީވެސް ދި އިންކްރެޑިބްލްސް އެވެ. އެގޮތުން މިފިލްމުގެ 17.18 މިލިއަން ކޮޕީ ވަނީ ވިކިފައެވެ. އެމް.އެސް.އެން މޫވީސް އިން ވަނީ މިއަދާ ހަމައަށް ނިކުތް ސުޕަރ ހީރޯ ކާރޓޫނު ތަކުގެ ތެރެއިން މި ކާރޓޫނަށް 4 ވަނަ ދީފައެވެ. އެއީ މަޝްހޫރު އެކްސްމެން، ބެޓްމޭން ރިޓާރންސް އަދި ސްޕައިޑަރމޭންގެ ގެ ފަހަތުންނެވެ.
ދި އިންކްރެޑިބްލްސް | |
---|---|
![]() ދި އިންކްރެޑިބްލްސް ގެ އިޝްތިހާރު ކުރެވުނު ޕޯސްޓަރެއް | |
ޑައިރެކްޓަރ | ބްރެޑް ބަރޑް |
ޕްރޮޑިއުސަރ | ޖޯން ވޯލްކަރ |
ލިޔުންތެރިޔާ | ބްރެޑް ބަރޑް |
Starring | ކްރެއިގް ޓީނ ނެލްސަން ހޮލީ ހަންޓަރ ސެމުއެލް އެލް ޖެކްސަން ޖެސަން ލީ Eli Fucile ބްރެޑް ބަރޑް ސްޕެންސަރ ފޮކްސް ވެލެސް ޝޯން ޖީން ސިންސިއަރ ސާރާ ވޮވެލް ބަޑް ލަކީ |
Music by | މައިކަލް ގިއޭޗީނޯ |
Cinematography | އެންޑްރިއު ޖިމެނޭޒް ޕެޓްރިކް ލިން ޖެނެޓް ލިއުކްރޯއި |
Edited by | ސްޓެފަން ޝެފަރ |
Distributed by | Buena Vista Pictures |
ރިލީޒްކުރި ތާރީޚް | ނޮވެމްބަރ 5, 2004 |
ދިގުމިން | 115 މިނެޓް |
ބަހުރުވަ | އިނގިރޭސި (އަސްލު) ފްރެންޗް |
Budget | $92 މިލިއަން އެމެރިކާ ޑޮލަރު |
Box office | Domestic: $261,441,092 Worldwide: $631,436,092 |