![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/dv/thumb/0/05/Exmon_u0.gif/640px-Exmon_u0.gif&w=640&q=50)
ފުޅަނގި
From Wikipedia, the free encyclopedia
ފުޅަނގި(ސައިންޓިފިކް ނަން: Exocoetus)ނުވަތަ (އިނގިރޭސި ބަހުން: flyingfish) އަކީ ރާއްޖޭގެ ކަނޑުތަކުގައި ގިނައިން އުޅޭ ބާވަތެކެވެ. ވަދު މަސްވެރިންނަށް މަދުމަދުން ވަދުގައި މިމަސް ބޭނެއެވެ. އަދި ބައެއް މޫސުމަށް ރަށްރަށުގެ ފަރުބޭރަށާއި ފަޅުފަޅަށް ބައިބަޔަށް ކުދި ފުޅަނގި އަރާކަމަށްވެއެވެ.
![Thumb image](http://upload.wikimedia.org/wikipedia/dv/thumb/0/05/Exmon_u0.gif/320px-Exmon_u0.gif)
ފުޅަނތްގަކީ ކަނޑުގެ މަތީބައިގައި ކުދި ފަނިކުސަ ކައިގެން ދިރިއުޅޭ ވަރަށް ބޭރަށް ދަތުރުކުރާ މަހެކެވެ. މަހުގެ ކަންފަތް ގަނޑު ވަރަށް ދިގެވެ. އެދިގު ކަންފަތްގަނޑު ދެފިޔަ ފަތުގެ ގޮތުގައި ބޭނުންކޮށްގެން މަސް އޭގެ ދުޝްމިނުން ކިބައިން ސަލާމަތްވުމަށްޓަކައި އެއްތަނުން އަނެއްތަނަށް އުދުހިފައި ދިއުމަކީ ފުޅަނގީގެ ފާހަގަކުރެވޭ އެންމެ ބޮޑު އެއްސިފައެވެ. ފުޅަނގީގެ މިބާވަތުގެ އަނގައިގައި ކުރު ދެނަރުވާ ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަނޫކުލައެވެ. ބަނޑުދަށް ފަރާތާއި މަހުގެ އަރިމަތީގެ ކުލައަކީ ރިހި ހުދުކުލަ އެވެ. މަހުގެ ކޮތަރިތަކުގެ ކުލައަކީ އަޅިކުލަ އެވެ.
![]() | މަހަކާއި ބެހޭ ގޮތުން އެކުލެވިފައިވާ މިމަޒްމޫނަކީ ސްޓަބް އެކެވެ. މި މަޒްމޫނު ފުރިހަމަކޮށް މުއްސަނދިކޮށް ދިނުމުގައި ތިބޭފުޅާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެއެވެ. |