ފަސީ
From Wikipedia, the free encyclopedia
އަޙްމަދު ފަސީޙު، އާއްމުކޮށް ކިޔާ ނަމުންނަމަ ފަސީ އަކީ މިއުޒިކީ އާއިލާ އަކަށް އުފަން ދިވެހި ރައްޔިތެކެވެ. އެނގިފައިވާ މަޢުލޫމާތުން އަޅުގަނޑުމެންނަށް އެނގެނީ ފަސީގެ ފުރަތަމަ ގިޓާރ ފިލާވަޅު ނަގައިފައިވަނީ މީނާގެ އުމުރުން ހަމަ އެންމެ 4 އަހަރުގައިކަމެވެ. ފަސީގެ މިޔުޒިކީ ހަޔާތުގެ ފެށުންކަމުގައި ބެލެވެނީ މީނާގެ މަދަރުސީ ހަޔާތުގައި ގިޓާ ކުޅުމުގެ ރޮނގުންނާއި ލަވަކިޔުމުގެ ރޮނގުން ލިބިފައިވާ ފާހަނަގަ ކޮށްލެވޭ ކާމިޔާބީ ތަކެވެ. މަދަރުސީ ދަޢުރު ނިމިގެން އައި ދުވަސްވަރު ފަސީ އަށް އެންމެ ސަމާލުކަމެއް ދެވުނީ "ހެވީ މެޓަލް" މިޔުޒިކަށް ކަމުގައިވެއެވެ.
![Thumb image](http://upload.wikimedia.org/wikipedia/dv/9/91/Fasy.gif)
ދިވެހި ޒުވާނުންގެ މެދުގައި "ހެވީ މެޓަލް" އާއި "ރޮކް މިޔުޒިކް" މަޝްހޫރު ކޮށް ދިން ޒުވާނަކީ ފަސީ އޭ ބުންޏަސް އެ ވާހަކަ ދޮގު ކުރާނެ މީހަކު ހުންނާނެ ކަމަށް އަޅުގަނޑު ނުދެކެމެވެ. ދިވެހި ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ "ރޮކް މިޔުޒިކް" ޝޯވ، ޕެއިންޓެޑް ސައުންޑް އިލޫޝަން (Painted Sound Illusion) ރާވައި އިންތިޒާމް ކޮށްފައި ވަނީ ވެސް ފަސީއެވެ. އަޙްމަދު ފަސީޙް އަކީ ދިވެހި ޒުވާނުންގެ މެދުގައި ނަމޫނާ އެއް ކަމުގައި ބެލެވޭ ލާމަސީލު ޒުވާނެކެވެ.
ފަސީގެ ހަޔާތުގައި އެއްމެ ފާހަނގަ ކޮށްލެވޭ ކާމިޔާބީއެއްގެ ގޮތުގައި އޭނާ ދެކެނީ ލަންޑަން ގައި ބޭއްވުނު އެމަރޖެންޒަރ ފެސްޓިވަލް (Emergenza festival ) ގައި ފެބްރުއަރީ 2006ގައި އޭނާ ކުޅުނު ޝޯވ އެވެ.