މެރޫން 5
From Wikipedia, the free encyclopedia
ފަންވަތް:Infobox musical artist/tracking
މެރޫން 5 | |
---|---|
![]() | |
Background information | |
Origin | ލޮސް އެންޖެލިސް, ކެލިފޯރނިޔާ, ޔޫ.އެސް.އޭ |
Genres | ރޮކް, ޕޮޕް ރޮކް |
Years active | 1997 ން މިދާ ހަމައަށް |
Labels | ސޮނީ ބީ.އެމް.ޖީ. މިއުޒިކް އެންޓަރޓެއިންމެންޓް އޮކްޓޯން ރެކޯރޑްސް |
Website | Official website |
Members | |
އެޑަމް ލެވިން (ގިޓަރިސްޓް، ލަވަކިޔުން) ޖޭމްސް ވެލެންޓައިން (ގިޓަރިސްޓް) ޖެސް ކާމައިކެލް(ކީބޯރޑް) މިކީ މެޑެން (ބޭސް) މެޓް ފްލިންސް (ޑްރަމްސް) | |
Past members | |
ރަޔާން ޑަސިކް (ޑްރަމްސް) (1997 ން 2006 އަށް) |
ކެލިފޯރނިޔާގެ ލޮސްއެންޖެލިސް އަށް އުފަން މެރޫން 5 އަކީ ދުނިޔޭގެ މަޝްހޫރުކަން ހޯދުމަށްފަހު ގްރެމީ އެވޯރޑް ކާމިޔާބުކޮށްފައިވާ ބޭންޑެކެވެ. އަދި މިބޭންޑުވަނީ މިބޭންޑުގެ އަލްބަމް ސޯންގސް އަބައުޓް ޖޭން އަލްބަމަށް އިތުރު ކާމިޔާބީ ތަކެއް ހޯދާފައެވެ. މިއަލްބަމް ރިލީޒް ކުރެވިފައިވަނީ 2002 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މިއަލްބަމް ވަނީ ދުނިޔޭގެ ޗާރޓުތަކުގައި ރަނގަޅު މަގާމައް ހޯދާފައެވެ. އެއަށްފަހު މިބޭންޑު ނެރެފައިވަނީ 1.22.03 އެކޯސްޓިކް އަލްބަމެވެ. މިއަލްބަމްގައި ހިމެނިފައިވަނީ ސޯންގސް އަބައުޓް ޖޭން އަލްބަމްގެ ލަވަތަކެވެ. އެހެންނަމަވެސް ލަވަތައް ކުޅެވިފައިވަނީ އެހެން ގޮތަކަށެވެ. މިއަލްބަމްވެސް ވަނީ ދުނިޔޭގެ ޗާރޓުތަކުގައި ރަނގަޅު މަގާމެއް ހާސިލްކޮށްފައެވެ. މިބޭންޑް ވަނީ 2005 ވަނަ އަހަރު ބެސްޓް ނިއު އާރޓިސްޓައް ދެވޭ ގްރެމީ އެވޯރޑް ހާސިލްކޮށްފައެވެ. 2005ވަނަ އަހަރުގެ ފަހުކޮޅު މިބޭންޑު ވަނީ އެހެން އަލްބަމެއް ރިލީޒް ކޮށްފައެވެ. އެއީ ލައިވް - ފްރައިޑޭއި ދަ ތާރޓީންތް އެވެ. މިއަލްބަމް ރިކޯރޑު ކުރެވުނީ ކެލިފޯރނިޔާގެ ސަންޓާ ބަރބަރާގައި 2005 ވަނަ އަހަރުގެ މޭއި 13 ވަނަ ދުވަހުއެވެ. މިއަލްބަމް ރިލީޒް ކުރެވުމުން މިބޭންޑަށް އިތުރު ކާމިޔާބީ އެއް ލިބުނެވެ. އެއީ 2006 ވަނަ އަހަރު ބެސްޓް ޕޮޕް ޕާރފޯމެންސް ބައި އަ ޑުއޯ އޯރ ގްރޫޕް ވިތް ވޯކަލް އަށް ދެވޭ ގްރެމީ އެވޯރޑް ބޭންޑަށް ލިބުމެވެ.