އެވަޓާރ - ދަ ލާސްޓް އެއަރ ބެންޑަރ
From Wikipedia, the free encyclopedia
އެވެޓާރ - ދަ ލާސްޓް އެއަރ ބެންޑަރ އަކީ މަޝްހޫރު ޓީވީ ސިލްސިލާ ކާރޓޫނަކަށް ދެވިފައިވާ ނަމެކެވެ. ބައެއް ޤައުމުތަކުގައި މިކާރޓޫނު މަޝްހޫރުވެފައިވަނޫ އެވެޓާރ – ދަ ލެޖެންޑް އޮފް އޭންގ ގެ ނަމުންނެވެ. މިކާރޓޫނު ދައްކަމުން އަންނަނީ ޓީވީ ޗެނެލް ނިކޮލޯޑިއަން އިންނެވެ. މި ކާރޓޫނުގައި ފެނިގެން ދާނީ ޖާދުލާއި ތަޅާ ފޮޅުމުގެ ޚިޔާލީ ދުނިޔެ އެއްގައި ބައިބައިވެފައިވާ 4 ޤައުމުގެ ތެރެއިން ފަޔާރ ނޭޝަން ގެ އަތްދަށުން ބާކީ އޮތް ދެޤައުމު ސަލާމަތް ކުރުމަށް އޭންގ ނަމަކަށް ކިޔާ 12 އަހަރުގެ ފިރިހެން ކުއްޖަކު ކުރާ މަސައްކަތެވެ. މި 12 އަހަރުގެ ފިރިހެން ކުއްޖަކީ އެވެޓާރ އެވެ. އަދި އޭންގ ގެ މިމަސައްކަތުގައި އޭނާގެ އެކުވެރިން ސޮކާ، ކެޓާރާ، ޓޯފް އަދި އޭންގ ގެ އެކުވެރި ދެ ޖަނަވާރުން ވާ އެހީ އެވެ.
Genre | Adventure, Fantasy |
---|---|
Created by | Michael Dante DiMartino Bryan Konietzko |
Starring | Zach Tyler Eisen Mae Whitman Jack DeSena Jessie Flower ޑޭންޓް ބެސްކޯ Mako Iwamatsu Greg Baldwin Dee Bradley Baker Grey DeLisle Crawford Wilson Olivia Hack Cricket Leigh Clancy Brown Mark Hamill Jason Isaacs |
Country of origin | އެމެރިކާ |
No. of seasons | 3 |
No. of episodes | 61 (List of episodes) |
Running time | 24 minutes |
Original channel | Nickelodeon |
Original run | February 21, 2005 – July 19, 2008 |
Website |
މިކާރޓޫނު ލިޔެފައިވަނީ ފޮތެއްގެ ބައިތަކެއްގެ މައްޝަށެވެ. މިގޮތުން ކޮންމެ ބަޔަކީ ޗެޕްޓާރ އެކެވެ. އަދި ކޮންމެ ސީޒަނަކީ ފޮތެކެވެ. މިގޮތުން ފުރަތަމަ ސީޒަނަށް ދެވިފައިވާ ނަމަކީ ބުކް ވަން - ވޯޓާރ އެވެ. ނުވަތަ ފުރަތަމަ ފޮތް – ވޯޓާރ އެވެ. މިކާރޓޫނު އެންމެ ފުރަތަމަ ދައްކަން ފެށުނީ 2004 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ.
މިޝޯވ އުފައްދައި ތައްޔާރު ކުރީ މައިކަލް ޑޭންޓް ޑި މާރޓިނޯ އަދި ބްރަޔަން ކޮނިއެޓްޒްކޯ އެވެ. ނިކް ޓޫންސް ލައިން އަޕް ގައި މިކާރޓޫނަށް ވަރަށް ރަނގަޅު މަޤާމެއް ލިބިފައިވެއެވެ. އަދި ހަމައެހެންމެ ބެލުންތެރިންގެ މެދުގައިޔާއި ފާޑުކިޔާ ފަރާތްތަކުގެ މެދުގައި މިކާރޓޫނު ވަނީ މަޤްބޫލު ޝޯވ އަކަށް ވެފައެވެ.
މިސިލްސިލާގެ ކާމިޔާބުކަމާއި ހެދި ނިކޮލޯޑިއަން އަށް މަޖްބޫރުވީ މިސިލްސިލާގެ ދެވަނަ ސީޒަނެއް އުފެއްދުމަށެވެ. އަދި މިސިލްސިލާގެ 3 ވަނަ ސީޒަނެއް 2007 ވަނަ އަހަރުގެ ތެރޭގައި ރިލީޒްކުރުމަށްވަނީ ހަމަޖެހިފައެވެ.
މިކާރޓޫނގެ ސިލްސިލާގެ އިތުރަށް ހުރިހާ އެޕިސޯޑްގެ މައްޗަށް ހިމެނޭ 6 ޑީވީޑީގެ ސެޓެއް،