![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/dv/thumb/7/73/Baron.jpg/640px-Baron.jpg&w=640&q=50)
ރިޗަރޑް ރ. ބެރޮން
From Wikipedia, the free encyclopedia
ރިޗަރޑް ރ. ބެރޮން އަކީ އިރުދެކުނު އޮކްލަހޯމާ ގައި 1963 ޖުލައި 1 ގައި އުފަންވި ޕްރޮފެޝަނަލް ފޮޓޮގްރާފަރެކެވެ. އޭނާ ވަޒީފާ އަދާ ކުރައްވަމުން ގެންދަވަނީ އަޑާ އިވްނިން ނިވްސް ދުވަހު ނޫހުގައެވެ. ބެރޮން އަށް 100 ވުރެ ގިނަ އެވޯޑު ލިބިފައިވެއެވެ. މީގެ ތެރޭގައި އޮކްލަހާމާ ޕްރެސް އެސޯސިއޭޝަންގެ އަހަރުގެ ފޮޓޮގްރާފަރު ކަމުގެ އެވޯޑާއި އެސޯސިއޭޓެޑް ޕްރެސްގެ އަހަރުގެ ފޮޓޮގްރާފަރ އެވޯޑާއި ތޮމްސަން އެވަރޑް އޮފް އެކްސެލެންސް ފޮރ ނޯތު އެމެރިކާ ހިމެނެއެވެ. ޚަބަރު ފޮޓޯ ނެގުމުގެ އިތުރުން ބެރޮން އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުކުރަމުން ފޮޓޯ ނަގާ ބޭފުޅެކެވެ. ބެރޮން ދިރިއުޅެނީ އޭނާގެ އަންހެނުން، އެބީ އެސް. އެމް. ބެރޮން އަދި އެމީހުންގެ ދަރިފުޅު މިޗެލް އާއި އެކީ އޮކްލަހާމާގެ ބީންގ ގައެވެ.
![Thumb image](http://upload.wikimedia.org/wikipedia/dv/thumb/7/73/Baron.jpg/320px-Baron.jpg)