From Wikipedia, the free encyclopedia
ދިވެހި ބަހުން ޔޫނާނޭ ކިޔާ ގްރީސް އަކީ އިރުދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.
Hellenic Republic Ελληνική Δημοκρατία Ellīnikī́ Dīmokratía | |
---|---|
މޮޓޯ: Eleftheria i Thanatos, (Greek: "Ελευθερία ή Θάνατος", "Freedom or Death") (traditional) | |
ގައުމީ ސަލާމް: ފަންވަތް:Polytonic Ýmnos eis tīn Eleftherían Hymn to Liberty1 | |
ވެރިރަށް and largest city | Athens |
ރަސްމީ ބަސްތައް | Greek |
ޑިމޮނިމް | Greek |
ސަރުކާރު | Parliamentary republic |
• President | Prokopis Pavlopoulos |
• Prime Minister | Alexis Tsipras |
ޤާނޫނު ހަދާ މަޖިލިސް | Parliament |
Modern statehood | |
• Independence from the Ottoman Empire | 25 March 1821 |
• Recognized | 3 February 1830, in the London Protocol |
• Kingdom of Greece | 7 May 1832, in the Convention of London |
• Current constitution | 11 June 1975, Third Hellenic Republic |
ސަރަޙައްދު | |
• Total | 131,990 km2 (50,960 sq mi) (96th) |
• Water (%) | 0.8669 |
އާބާދީ | |
• 2010 estimate | 11,306,183[1] (74th) |
• 2001 census | 10,964,020[2] |
• Density | 85.3/km2 (220.9/sq mi) (88th) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $341.688 billion[3] (33rd) |
• ބޮލަކަށް ޖެހެނީ | $30,681[3] (26th) |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $357.548 billion[3] (27th) |
• ބޮލަކަށް ޖެހެނީ | $32,105[3] (27th) |
ޖިނީ (2005) | 332 Error: Invalid Gini value (36th) |
އެޗްޑީއައި (2007) | 0.942[4] Error: Invalid HDI value (25th) |
ފައިސާ | Euro (€)3 (EUR) |
ޓައިމް ޒޯން | ޔޫޓީސީ+2 (EET) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+3 (EEST) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | 30 |
އައިއެސްއޯ 3166 ކޯޑް | GR |
އިންޓަރނެޓް ޓީއެލްޑީ | .gr4 |
|
ޔޫނާނުގެ ރަސްމީ ބަހަކީ ޔޫނާނީ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ގްރީކްސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އެތީނާ ނުވަތަ އެތެންސެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 11 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 73 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.13 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ gr. އެވެ. ކޯލިން ކޯޑަކީ +30 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.
ޔޫނާނުގެ ނަމަށް ބަލާއިރުގައި ދިވެހި ބަހުން މި ޤައުމަށް ކިޔާ ނަން ކަމުގައިވާ ޔޫނާން މި ބަސް، ދިވެހިބަހަށް އައިސްފައިވަނީ ޢަރަބި ބަހުގެ ތެރެއިންނެވެ. މި ޤައުމަށް އިނގިރޭސީން ކިޔާ އެއް ނަމަކީ ގްރީސްއެވެ. އަނެއް ނަމަކީ ހެލާސްއެވެ. ރަސްމީ ގޮތުން ކިޔާ ނަމަކީ ހެލެނިކް ރިޕަބްލިކެވެ.
ޔޫނާން އޮންނަނީ ބަލްކަން ޕެނިންސޫލާގެ ދެކުނު ކޮޅުގައެވެ. ޔޫނާނުގެ އުތުރުގައި އޮންނަނީ އަލްބޭނިޔާ އާއި ރިޕަބްލިކް އޮފް މެސެޑޯނިޔާގެ އިތުރުން ބަލްގޭރިއާއެވެ. އިރުމަތީގައި އޮތީ ތުރުކީއެވެ.
މިއަދުގެ ޔޫނާނަކީ ޤަދީމީ ޔޫނާނާ ގުޅުން ހުރި ތަނެކެވެ. ޤަދީމީ ޔޫނާނަކީ ހުޅަނގުގެ ޙަޟާރަތްތަކުގެ ފެށުމެވެ. އެއީ މި ޒަމާނުގައި މިދެކޭ ޑިމޮކްރަސީ އުފަންވި ބިމެވެ. ހުޅަނގުގެ ފަލްސަފާ އާއި އޮލިމްޕިކް ގޭމްސް އާއި ހުޅަނގުގެ އަދަބިއްޔާތާއި ތާރީޚު ޢިލްމާއި ސިޔާސީ ޢިލްމުތަކާއި ހިސާބުގެ އުޞޫލުތަކާއި ހުޅަނގުގެ ޑްރާމާތައް، ޓްރެޖެޑީ އާއި ކޮމެޑީތައް ވެސް އުފަންވީ ޔޫނާނުގެ ބިމުގައެވެ. ޔޫރަޕަށް ނިސްބަތްވާ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމައަށް ތަރައްޤީގެ ހުޅުކޮޅު އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިއްލުނީ ޔޫނާނުގައެވެ. ތަފާތު ހުނަރުތަކުން މުއްސަނދިވެގެންވާ އެޑްވާންސް ސަގާފަތެއްގެ ބިންގާ އެންމެ ފުރަތަމަ އެޅުނު ޔޫރަޕުގެ ޤައުމަކީ ވެސް ޔޫނާނެވެ. ރޫމީންގެ ވެރިކަމުގެ ކުލަވަރުތަކާއި ހެލެނިކް ސަގާފަތުގެ މަސްހުނިވުމާ އެކު ބީޒަންޓައިން އެމްޕަޔަރ ނުވަތަ އިރުމަތީ ރޫމީ އެމްޕަޔަރ ވުޖޫދަށް އައެެވެ. އެއީ މީލާދީން 330 ހިސާބުގައި ގުސްތަންތީނިއްޔާގައެވެ. މިހާރުގެ ނަމުން ނަމަ ތުރުކީގެ އިސްތަންބޫލުގައެވެ. އިސްތަންބޫލު އޮންނަނީ އޭޝިޔާ ބައްރާއި ޔޫރަޕު ބައްރު ގުޅޭ ހިސާބުގައެވެ. ގާތްގަނޑަކަށް 1123 އަހަރު ވަންދެން އެންމެ ވަރުގަދަ އެއް ބާރުގެ ގޮތުގައި ބައިޒަންޓައިން އެމްޕަޔަރ އޮތެވެ. އެއީ ގުސްތަންތީނިއްޔާ ނުވަތަ އިސްތަންބޫލު މީލާދީން 1453 ގައި ތުރުކީގެ މުސްލިމް އުސްމާނީންގެ އަތްދަށަށް ދިއުމާ ހަމަޔަށެވެ. އުސްމާނީންގެ އަތްދަށަށް ގުސްތަންތީނިއްޔާ ދިއުމުން އެތަނުގައި ތިބި ޔޫނާނީ ފަލްސަފާ ވެރީންނާއި އެހެން ޢިލްމުތަކާއި ފަންނުތަކުގެ މާހިރުން ޔޫރަޕަށް ހިޖުރަކުރިއެވެ. މީގެ ތެރެއިން ގިނަ ބަޔަކު ހިޖުރަކޮށްފައިވަނީ ރޫމަށެވެ. އިޓަލީއަށެވެ. އެހެން ބައެއް މީހުން ޔޫރަޕުގެ އެހެން ހިސާބުތަކުގައި ވެސް ވަޒަންވެރިވިއެވެ. މި މީހުންގެ ސަބަބުން ޤަދީމީ ޔޫނާނުގެ ޢިލްމުތަކަށް ޔޫރަޕުގެ މީހުން ސަމާލުކަން ދޭން ފެށިއެވެ. ތުރުކީއެކޭ އެއްފަދައިން މިއަދުގެ ޔޫނާނު ވެސް އޮތީ އުސްމާނީ ޚިލާފަތުގެ ދަށުގައެވެ. އުސްމާނީ ޚިލާފަތުގެ ދަށުން ޔޫނާނަށް މިނިވަންކަން ލިބިފައިވަނީ 25 މާރިޗު 1821 ގައެވެ. އެހެން ނަމަވެސް މިނިވަން ޤައުމެއްގެ ގޮތުގައި ބެލެވެން ފެށީ 3 ފެބުރުވަރީ 1830 އިން ފެށިގެންނެވެ. 7 މެއި 1832 ގައި ޔޫނާނުގެ ރަސްކަމެއް ޤާއިމުވިއެވެ. މިހާރުގެ ޤާނޫނު އަސާސީއާ އެކު 11 ޖޫން 1975 ގައި ތިންވަނަ ހެލެނިކް ޖުމްހޫރިއްޔާ ޤާއިމުވިއެވެ.
ޔޫނާނުގެ އާބާދީގެ ގިނަ މީހުންނަކީ ޔޫނާނީ ނަސްލަށް ނިސްބަތްވާ މީހުންނެވެ.
ޔޫނާނުގެ ސަގާފަތަކީ އެތައް ހާސް އަހަރެއް ވީ ސަގާފަތެކެވެ. އޭގެ އިތުރުން ނަޞާރާ ދީނުގެ ކަންތައްތައް މަސްހުނިވެގެން އުފެދުނު ސަގާފަތެކެވެ. ޙަޤީޤަތުގައި ޢީސާގެފާނުގެ ދީން މަސްހުނިވެ މިހާރު މި އޮތް ގޮތަށް ބަދަލުވެގެން ދިޔައީ ވެސް ޔޫނާނީ ޢަޤީދާތައް އެދީނުގެ ތެރެއަށް ވެއްދުމުގެ ސަބަބުންނެވެ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.