From Wikipedia, the free encyclopedia
ވިއެޓްނާމް، ރަސްމީ ނަމަކީ ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމް، އަކީ އިރުދެކުނު އޭޝިއާ ސަރަހައްދުގެ އިންޑޮޗައިނީސް ޕެނިންސުލާ ގެ އެންމެ އިރުމަތީ ކޮޅުގައި، ލާއޯސް އާއި ބޯޑަރުގައި އޮންނަ ގައުމެއް އެކެވެ , ކެމްބޯޑިއާ، ޗައިނާ، އިރުމަތީ ކަނޑާއި ތައިލެންޑްގެ ގަލްފް އެވެ.
Socialist Republic of Vietnam Cộng hòa Xã hội chủ nghĩa Việt Nam | |
---|---|
މޮޓޯ: "Độc lập – Tự do – Hạnh phúc" "Independence – Freedom – Happiness" | |
ވެރިރަށް | Hanoi |
Largest city | Ho Chi Minh City (formerly Saigon) |
ރަސްމީ ބަސްތައް | Vietnamese |
Official scripts | Vietnamese |
ނަސްލު ގުރޫޕުތައް |
|
ދީންތައް | Vietnamese folk religion |
ޑިމޮނިމް | Vietnamese |
ސަރުކާރު | Communist (Marxist-Leninist), Socialist, single party dictatorship |
• President | Trương Tấn Sang |
• Prime Minister | Nguyễn Tấn Dũng |
• Chairman of National Assembly | Nguyễn Sinh Hùng |
ޤާނޫނު ހަދާ މަޖިލިސް | National Assembly |
Formation | |
2 September 1945 | |
• Fall of Saigon | 30 April 1975 |
• Reunification | 2 July 1976[1] |
• Current constitution | 28 November 2013 (in effect since 1 January 2014) |
ސަރަޙައްދު | |
• Total | 332,698 km2 (128,455 sq mi) (65th) |
• Water (%) | 6.4[2] |
އާބާދީ | |
• 2014 estimate | 90,630,000[3] (13th) |
• Density | 273.11/km2 (707.4/sq mi) (46th) |
ޖީޑީޕީ (ޕީޕީޕީ) | 2015 estimate |
• ޖުމްލަ | $547.934 billion[3] |
• ބޮލަކަށް ޖެހެނީ | $5,983[3] |
ޖީޑީޕީ (nominal) | 2014 estimate |
• ޖުމްލަ | $205.539 billion[3] |
• ބޮލަކަށް ޖެހެނީ | $2,233[3] |
ޖިނީ (2008) | 35.6[4] medium |
އެޗްޑީއައި (2013) | 0.638[5] medium (121st) |
ފައިސާ | đồng (₫)[6] (VND) |
ޓައިމް ޒޯން | ޔޫޓީސީ+07:00 (Indochina Time) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+7 (No DST) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | +84 |
އައިއެސްއޯ 3166 ކޯޑް | VN |
އިންޓަރނެޓް ޓީއެލްޑީ | .vn |
ވިއެޓްނާމުގެ ރަސްމީ ބަހަކީ ވިއެޓްނާމީޒްއެވެ. އެންމެ ބޮޑު ޝަހަރަކީ ހޯޗީމިން ސިޓީއެވެ. ވެރިކަން ކުރަނީ ހަނޯއީގައެވެ. ވިއެޓްނާމަކީ ސޯޝަލިސްޓް ޖުމްހޫރިއްޔާއެކެވެ. އަދި ހަމަ އެހެންމެ ސިންގަލް ޕާޓީ ކޮމިއުނިސްޓް ސްޓޭޓެކެވެ. ވިއެޓްނާމުގެ އާބާދީއަކީ 86 މިލިއަނެވެ. ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާއަކީ 2793 ޑޮލަރެވެ. ބިމުގެ ބޮޑުމިނަކީ 0.33 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ vn. އެވެ. ކޯލިން ކޯޑަކީ +84 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ވިއެޓްނާމީ ޑޮންގްއެވެ.
ވިއެޓްނާމް، މި ނަން އެ ޤައުމުގެ ރަސްމީ ނަމެއްގެ ގޮތުގައި ބޭނުން ކުރައްވަން ފެށްޓެވީ 1804 ވަނަ އަހަރުގައި އެމްޕެރަރ ޖިއާ ލޮންގއެވެ. މިއީ “ނާމް ވިއެޓް” މި ނަމުން ނެގިފައިވާ ނަމެކެވެ. މީގެ މާނައަކީ ދެކުނު ވިއެޓް އެވެ. މިއީ ޤަދީމީ ޒަމާނުގައި މި ޤައުމަށް ކިޔާފައިވާ ނަމެވެ. 1839 ގައި އެމްޕެރަރ މިން މާންގް އެ ޤައުމުގެ ނަން “ދައި ނާމް” ނުވަތަ “ގްރޭޓަރ ސައު^ް” އަށް ބަދަލު ކުރެއްވިއެވެ. 1945 ގައި އެ ޤައުމުގެ ނަމަކީ ވިއެޓްނާމް ކަމުގައި އަލުން ހަމަޖެހުނެވެ.
ވިއެޓްނާމުގެ އުތުރުގައި އޮތީ ޗައިނާއެވެ. ހުޅަނގު އުތުރުގައި އޮތީ ލާއޯސްއެވެ. ހުޅަނގު ދެކުނުގައި އޮތީ ކެންބޯޑިޔާއެވެ. އިރުމަތީގައި އޮތީ ދެކުނު ޗައިނާ ކަނޑެވެ.
ވިއެޓްނާމުގެ ގޮތުގައި މިއަދު އޮތް ސަރަޙައްދުގައި އިންސާނުން ވަޒަންވެރިވެފައިވާތާ އެތައް ހާސް އަހަރެއް ވެއްޖެކަމަށް ތާރީޚީ ހެކިތަކުން ސާބިތުވެއެވެ. ތަންހޯ ޕްރޮވިންސުގައި ހުރި އާސާރީ ތަންތަނުގެ ތެރޭގައި އެތައް ހާސް އަހަރެއް ވެފައި ހުރި ތަންތަން އެބަހުށްޓެވެ. ވިއެޓްނާމުގެ މިނިވަންކަމަށް އެތައް ފަހަރެއްގެ މަތީން ފަރަންސޭސީން ވަނީ އަރައިގެންފައެވެ. މި ގޮތުން 1859 ވަނަ އަހަރުން ފެށިގެން 1885 ވަނަ އަހަރާ ދެމެދު ދީފައިވާ ޙަމަލާތައް ފާހަގަކޮށްލެވެއެވެ. ފަރަންސޭސީންގެ ދަށުގައި އޮތުމުގެ ސަބަބުން ހުޅަނގުގެ ތަޢުލީމީ ނިޒާމު ވިއެޓްނާމުގައި ޤާއިމުވެގެން ދިޔައެވެ. އަދި ހަމަ އެހެންމެ ވިއެޓްނާމުގެ މުޖުތަމަޢުގައި ޢީސާއީ ދީން ފުރަތަމަ ފަހަރަށް ފެތުރިގެން ދިޔައީ ވެސް މި ދުވަސްވަރުއެވެ. މަޝްހޫރު ވިއެޓްނާމް ހަނގުރާމައިގައި އެމެރިކާގެ ލަޝްކަރުތަކަށް ލިބިގެން ދިޔަ ނާކާމިޔާބީއަކީ މިއަދު ވެސް ވިއެޓްނާމުގައި ފާހަގަކުރަމުންދެއެވެ. ދައި ވިއެޓްގެ ގޮތުގައި 1054 ގައި ޤާާއިމުވި ދައުލަތް 1853 އާއި 1883 އާ ދެމެދު ފަރަންސޭސިވިލާތުގެ ދަށަށް ދިޔައެވެ. ފަރަންސޭވިލާތުގެ ކިބައިން މިނިވަންވީ 2 ސެޕްޓެންބަރު 1945 ގައެވެ. ވަކިވެފައި އޮތް ދެ ވިއެޓްނާމް އަލުން އެއް ވެގެން ދިޔައީ 30 އެޕްރީލް 1975 ގައެވެ. މިހާރު ވިއެޓްނާމުގައި ހިންގަމުންދާ ޤާނޫނުއަސާސީ ތަޞްދީޤު ކުރެވުނީ 19 ޑިސެންބަރ 1980 ގައެވެ.
އާބާދީގެ ގޮތުން 86 މިލިޔަނެއް ހައި މީހުން ތިބި ފިލިޕީންސަކީ މުޅި ދުނިޔެއަށް ބަލާއިރު 13 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ވިއެޓްނާމުގެ އާބާދީގެ 86.2% އަކީ ކިންހ ނަސްލުގެ މީހުންނެވެ. މީގެ އިތުރުން ފާހަގަ ކޮށްލެވޭ ނަސްލުތަކުގެ ތެރޭގައި ހްމޮން، ޑާއޯ، ޓައި، ތައި، އަދި ނުންގ ނަސްލު ހިމެނެއެވެ. 1978 ވަނަ އަހަރާއި 1979 ވަނަ އަހަރާ ދެމެދުގެ ޗައިނާ ނަސްލުގެ 450000 އެއް ހައި މީހުން ވަނީ ވިއެޓްނާމް ދޫކޮށް ގޮސްފައެވެ.
ވިއެޓްނާމުގައި އެންމެ ގިނައީ ބުދިސްޓުންނެވެ. އެމީހުންނަކީ އާބާދީގެ 85% މީހުންނެވެ. 8% މީހުންނަކީ ކްރިސްޓިޔަނުންނެވެ. 3% މީހުންނަކީ ކާއޮޑައިޒަމަށް ތަބަޢަވާ މީހުންނެވެ. އެހެން ދީންތަކަށް ތަބަޢަވާ މީހުންގެ ނިސްބަތަކީ 4% އެވެ. ވިއެޓްނާމުގެ ސަގާފަތު ބިނާވެފައިވަނީ ޗައިނާ އާއި އިންޑިޔާގެ ސަގާފަތުގެ މައްޗަށެވެ. މީގެ އިތުރުން ޔޫރަޕުގެ އިސްތިޢުމާރުގެ ސަބަބުން ކޮށްފައިވާ އަސަރުތަކުގެ މައްޗަށެވެ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.