ހިންދޫދީން
From Wikipedia, the free encyclopedia
ހިންދޫދަރަމް ނުވަތަ ހިންދޫދީނަކީ، ވޭދާ ތަކުގެ މައްޗަށް ބިނާ ވެގެންވާ އާލަމީ ދީނީ ސަގާފަތެކެވެ. ހިންދޫން ދައުވާ ކުރާ ގޮތުގައި ދުނިޔޭގެ މަހާ ދީންތަކުގެ ތެރެއިން އެންމެ ބޯދާ ދީނަކީ ހިންދޫދީނެވެ. ހިންދޫދަރަމް ނުވަތަ ހިންދޫދީން މި އިސްތިލާހަކީ ލާގައިދީ އިސްތިލާހެކެވެ. އެހެނީ ހިންދޫދީނަށް ނިސްބަތްވާ ތަފާތު އެތައް މަޒުހަބު އޮވެއެވެ. މި މަޒުހަބު ތަކުގެ އަގީދާ ތަކާއި ފިގުހު އެހައިމެ ތަފާތެވެ. ފާއިތުވި 4000 އަހަރުގެ ތެރޭގައި ހިންދޫދަރަމް ވަނީ އެއްގައު ދީނަކުން ސަގާފަތްތަކުގެ ބޮނޑިއަކަށް ބަދަލުވެފައެވެ. ހިންދޫދީނަށް ނިސްބަތްވާ އެތައް މުނާސަބަތުތަކެއް ވެއެވެ. މިއިން ކޮންމެ މުނާސަބަތެއް ފާހަގަ ކުރުމުގައި އެކި މީހުން ތަފާތެވެ. އަދި ހަމަ އެހެންމެ ހިންދޫ ދީނަށް ނިސްބަތްވާ ތަފާތު އެތައް ފިރުގާތަކާއި އެތައް ފަލްސަފާތަކެއް ވެއެވެ. ސިމާރްތާ ހިންދޫދަރަމް ގައި މަތިވެރިވެގެންވާ ބްރަހްމަން ކަލާނގެ ސިފަކޮށްދޭ އެތައްބައިވަރު ކީރިތި ސޫރަ ތަކަށް، ގަދަރުދެވިގެންވެއެވެ. ގާތްގަނޑަކަށް 1 ބިލިއަން ތާބިއީން ތިބި ހިންދޫދީނަކީ ދުނިޔޭގައި އޮތް 3 ވަނަ އަށް އެންމެ ބިޔަ ދީނެވެ. 98% ހިންދޫން ތިބީ ބައްރެސަޣީރު ގައެވެ. ހާއްސަކޮށް ހިންދުސްތާނުގައެވެ. އެހެންނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ ހިންދޫދީން ގައުމުގެ ރަސްމީ ދީންކަމުގައި ކަނޑައެޅިފައިވާ ހަމައެކަނި ގައުމަކީ ނިސްބަތުން ކުޑަ ރާއްޖެއެއް ކަމުގައިވާ ނޭޕާލުގެ ހިމާލަވީ ރަސްކަމެވެ.
ގުޅޭ ސިލްސިލާގެ ބޮޅުތައް ހިންދޫދީން | |
![]() | |
ތާރީޚު · ކަލާނގެތައް | |
މަޒުހަބުތައް · ޚުރާފާތު | |
އަގީދާ ތަކާއި އަމަލުތައް | |
---|---|
އާތަމާލަ · މޮކްޝާ | |
ކަރްމާ · ޕޫޖާ · މާޔާ | |
ނިރްވާނާ · ދަރްމާ | |
ޔޯގާ · އަޔުރްވެދާ | |
ޔުގާ · ތަރުކާރިއްޔަތު | |
ބަކްތީ · އަރްތާ | |
ފަތްފުށްތައް | |
އުފަނިޝާދުތައް · ވޭދާތައް | |
ބްރަހްމަނަ · ބަގަވަދް ގީތާ | |
ރާމަޔާނަ · މަހާބާރަތަ | |
ފުރާނަ · އަރަންޔަކަ | |
ގުޅޭ މައުޟޫތައް | |
ހިންދޫދީން ގައުމުތަކުން | |
އިމާމުން · މަންދިރް · | |
ކިލާސްތަކުގެ ނިޒާމު · މަންތަރު | |
ބަސްކޮށާރު · ހިންދޫ މުނާސަބަތުތައް | |
މުރްތީ |