ޕީއެޗްޑީ ހައްދަވާފައިވާ ފުރަތަމަ ދިވެހި From Wikipedia, the free encyclopedia
ޑރ ޙަސަން ޢުގައިލް އަކީ ހިސާބު ޢިލްމުގެ ދާއިރާ އިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އުގައިލް އަކީ ހިސާބުން ޕީއެޗްޑީ ހެއްދެވި ފުރަތަމަ ދިވެހި ބޭފުޅާ އެވެ.އަދި ފުރަތަމަ ދިވެހި ޕްރޮފެސަރު ވެސް މެއެވެ. އޭނާ އަކީ އިގިރޭސި ވިލާތުގެ ބްރެޑްފޯރޑް ޔުނިވަސިޓީގެ ސްކޫލް އޮފް އިންފޯމެޓިކްސް ގައި މަސައްކަތްކުރައްވާ ހިސާބު ޢިލްމު ވެރިއެއްގެ އިތުރުން ކޮމްޕިއުޓަރ ސައިންޓިސްޓެކެވެ. 2010 ވަނަ އަހަރު ހަސަން އުގައިލް އަކީ އިގިރޭސި ވިލާތުގެ ބްރެޑްފޯރޑް ޔުނިވަސިޓީގައި މަސައްކަތް ކުރެއްވި އެންމެ ހަނގު ޕްރޮފެސަރު އެވެ. (އުމުރުން 39 އަހަރުގައި)
ޑރ ޙަސަން ޢުގައިލް އުފަންވެ ވަޑައިގަތީ އައްޑު އަތޮޅު ހިތަދޫ އަށެވެ. ފަށާ ތައުލީމީ މަރުޙަލާގައި ތަޢުލީމް ޙާޞިލްކޮށްފައިވަނީ ހިތަދޫ ނޫރާނީ ސުކޫލުންނެވެ. 1987 ވަނަ އަހަރު މާލެ ވަޑައިގަތް އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސުކޫލުން ސާނަވީ ތަޢުލީމް ޙާޞިލް ކުރެއްވި އެވެ. އެއަށްފަހު ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން އިން މަތީ ސާނަވީ ތަޢުލީމު އުގުނިފައި ވެއެވެ. 1992 ވަނަ އަހަރު ބްރިޓިޝް ކައުންސިލް އިން ދެއްވި ސްކޮލަރޝިޕެއްގައި އިގިރޭސި ވިލާތަށް ކިޔަވަން ދިއުމުގެ ފުރުޞަތު ޑރ ޙަސަން ޢުގައިލް ލިބުނެވެ. ޑރ ޙަސަން ޢުގައިލް މިހާރު ދިރިއުޅުއްވަނީ އަނބިކަނބަލުން އާމިނަތު މުނާ އަދި ދެދަރިން ނޫޙު ޢުގައިލް އަދި ނީނާ ޢުގައިލް އާއެކު އިގިރޭސި ވިލާތުގައެވެ.
1995 ވަނަ އަހަރު ޑރ ޙަސަން ޢުގައިލް ހިސާބުން އެންމެ މަތީ ދަރަޖައިގައި ފާސްވެ، ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވިއެވެ. 1996 ވަނަ އަހަރު ޕޯސްޓް ގްރެޖުއޭޓް ސަރޓިފިކޭޓް އިން އެޑިޔުކޭޝަން ޙާޞިލް ކުރެއްވި އެވެ. މި ދެ ސެޓްފިކެޓް ވެސް ޙާޞިލްކޮށްފައިވަނީ ލަންޑަންގެ ކިންގްސް ކޮލެޖު އިންނެވެ. 2000 ވަނަ އަހަރު ލީޑްސް ޔުނިވަސިޓީގެ ޑިޕާޓްމަންޓް އޮފް އެޕްލައިޑް މެތެމެޓިކްސްގައި ޖިއޮމެޓްރިކް ޑިޒައިން އިން ޕީއެޗްޑީ ޙާޞިލްކުރެއްވި އެވެ. އެއަށްފަހު ސެޕްޓެމްބަރު 2002 އާއި ހަމައަށް ލީޑްސް ޔުނިވަސިޓީގައި ޕޯސްޓް ޑޮކްޓަރަލް ރިސާރޗް ފެލޯ އެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. 2002 ވަނަ އަހަރު ގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްރެޑްފޯރޑް ޔުނިވަސިޓީގެ ސުކޫލް އޮފް އިންފޯމެޓިކްސް އާއި ލެކްޗަރަރ އެއްގެ ހައިސިއްޔަތުން ގުޅިލެއްވި އެވެ. 2005 ގައި އެތާގެ ސީނިއަރ ލެކްޗަރަރ އަކަށް ބަދަލު ކުރެވުނެވެ. މިހާރު ޑރ ޙަސަން ޢުގައިލް އަކީ ޑިސްޓްރިބިއުޓެޑް ވާރޗުއަލް އެންވައިރޮމަންޓްސް ރިސާރޗްގެ އެންމެ އިސް މީހެއްގެ ގޮތުން މަަސައްކަތްކުރައްވާ ފަރާތެވެ.
އިގިރޭސި ވިލާތަށް ވަޑައިގަތީ 1992 ވަނަ އަހަރު ބްރިޓިޝް ކައުންސިލް އިން ދެއްވި ސްކޮލަރޝިޕެއްގައެވެ. އިގިރޭސި ވިލާތުގެ ކިންގްސް ކޮލެޖްގައި ފުރަތަމަ ޑިގްރީ ޙާޞިލްކުރުމަށްފަހު ހެއްދެވި ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ކޯހުން ހޯދި ފުރިހަމަ ނަތީޖާގެ ސަބަބުން އަނެއްކާވެސް އިތުރު ސްކޮލަރޝިޕެއް ލިބިވަޑައިގަތެވެ. އެއީ އިގިރޭސި ވިލާތުގައި ބޭރުކުދިންގެ ތެރެއިން އެންމެ މޮޅު 40 ކުދިންގެ ތެރޭގައި ހިމެނިގެންނެވެ. އެއަށްފަހު ލީޑްސް ޔުނިވަސިޓީގައި ޕީއެޗްޑީ ހެއްދެވިއރު ވެސް އުގައިލް ވިދާލި އެވެ. އޭގެ ސަބަބުން ޕީއެޗްޑީ ނިމުމާއެކު ލީޑްސް ޔުނިވަސިޓީ އިން އޭނާގެ ޕީއެޗްޑީ ސްޕަވައިޒަރު މެދުވެރިވެގެން ވަޒީފާލިބުނެވެ. އޭނާއާއެކު 3 އަހަރު މަސައްކަތް ކުރެއްވި އެވެ.
ޑރ ޙަސަން ޢުގައިލް ރިސާރޗްތަކުގައި ޝައުގުވެރިކަން ދެއްވާފައިވަނީ ޖިއޮމެޓްރިކް ޑިޒައިން، ކޮމްޕިއުޓަރ ބޭސްޑް ފިޒިކަލް އެނަލިސިސް އެންޑް އޮޕްޓިމައިސޭޝަން ފަދަ ދާއިރާތަކަށެވެ. ޖިއޮމެޓްރިކް ޑިޒައިންގެ ތެރޭގައި ހިމެނޭ ޕާޝަލް ޑިފެރެންޝަލް އީކްއޭޝަން މެތޮޑް ލީޑްސް ޔުނިވަސިޓީގައި ޑރ ޙަސަން ޢުގައިލް ވަނީ ޑިވެލޮޕް ކޮށްފައެވެ. މީގެ އިތުރުން ބައިހާރމޮނިލް ބޭޒިއަރ ސާރފޭސް ފޯރ ބައުންޑަރީ ބޭސްޑް ސްމޫތް ސާރފޭސް ޑިޒައިން ވެސް ޑރ ޙަސަން ޢުގައިލް ވަނީ ޑިވެލޮޕްކޮށްފައެވެ. ޑރ ޙަސަން ޢުގައިލް އިންޖިނޭރިންގ ފިޒިކަލް ސައިންސް ރިސާރޗް ކައުންސިލްގެ މެންބަރެއް ވެސް މެއެވެ. މިހާރު ވެސް ޑރ ޙަސަން ޢުގައިލް ގެންދަވަނީ ތަފާތު ރިސާރޗްތައް ހައްދަވައި ތަފާތު މީހުންގެ ޕީއެޗްޑީ ތީސެސިސް ތައް ބަލަހައްޓަވަމުންނެވެ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.