From Wikipedia, the free encyclopedia
United Republic of Tanzania Jamhuri ya Muungano wa Tanzania | |
---|---|
މޮޓޯ: "Uhuru na Umoja" (Swahili) "Freedom and Unity" | |
ގައުމީ ސަލާމް: Mungu ibariki Afrika God Bless Africa | |
ވެރިރަށް | Dodoma |
Largest city | Dar es Salaam |
ރަސްމީ ބަސްތައް | Swahili (de facto) Englisha |
ޑިމޮނިމް | Tanzanian |
ސަރުކާރު | Unitary presidential constitutional republic |
• President | Jakaya Kikwete |
• Prime Minister | Mizengo Pinda |
ޤާނޫނު ހަދާ މަޖިލިސް | National Assembly |
Independence from the United Kingdom | |
• Tanganyika | 9 December 1961 |
• Zanzibar and Pemba | 10 December 1963 |
• Merger | 26 April 1964 |
ސަރަޙައްދު | |
• Total | 945,203 km2 (364,945 sq mi) (31st) |
• Water (%) | 6.2 |
އާބާދީ | |
• 2010 estimate | 43,188,000[1] (30th) |
• 2003 census | 34,443,603 |
• Density | 46.3/km2 (119.9/sq mi) (124th) |
ޖީޑީޕީ (ޕީޕީޕީ) | 2011 estimate |
• ޖުމްލަ | $63.892 billion[2] |
• ބޮލަކަށް ޖެހެނީ | $1,515[2] |
ޖީޑީޕީ (nominal) | 2011 estimate |
• ޖުމްލަ | $23.333 billion[2] |
• ބޮލަކަށް ޖެހެނީ | $553[2] |
ޖިނީ (2008) | 37.6[3] Error: Invalid Gini value |
އެޗްޑީއައި (2012) | 0.466 Error: Invalid HDI value (152nd) |
ފައިސާ | Tanzanian shilling (TZS) |
ޓައިމް ޒޯން | ޔޫޓީސީ+3 (EAT) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+3 (not observed) |
ޑްރައިވިންގ ސައިޑް | left |
ކޯލް ކޯޑް | +255b |
އައިއެސްއޯ 3166 ކޯޑް | TZ |
އިންޓަރނެޓް ޓީއެލްޑީ | .tz |
a. In higher education and the higher courts.[4] b. 007 from Kenya and Uganda. މި ޤައުމުގެ އާބާދީގެ އަންދާޒާތަކުގައި އެއިޑްސްގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ އަސަރުތަކަށް ސާފުކޮށް ރިއާޔަތްކޮށްފައިވެއެވެ؛ މިކަމުގެ ސަބަބުން އުމުރު ދުވަސް ދަށްވުމާއި، ތުއްތު ކުދިން މަރުވުމާއި މަރުވުމުގެ ނިސްބަތް މަތިވުމާއި، އާބާދީއާއި ކުރިއެރުމުގެ ނިސްބަތް ދަށްވުމާއި، އުމުރާއި ޖިންސަށް ބަލާފައި އާބާދީ ބަހާލުމަށް އެހެން ގޮތަކަށް ހީކުރެވޭ ވަރަށް ވުރެ ބަދަލުތަކެއް އަތުވެދާނެއެވެ. |
ޔުނައިޓެޑް ރިޕަބްލިކް އޮފް ޓެންޒޭނިޔާ ނުވަތަ ޓެންޒޭނިޔާއަކީ މެދުތެރޭ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.
ޓެންޒޭނިޔާގެ ރަސްމީ ބަހަކީ ސަވާހިލީ ބަހާއި އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުން ޓެންޒޭނިޔާގެ މީހުންނަށް ކިޔަނީ ޓެންޒޭނިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ދާރުއްސަލާމެވެ. ޓެންޒޭނިޔާގެ ވެރިރަށަކީ ދޮދޯމާއެވެ. ޓެންޒޭނިޔާއަކީ ޖުމްހޫރީ ދައުލަތެކެވެ. ޤައުމުގެ އާބާދީއަކީ 43 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 30 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.9 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ tz. އެވެ. ކޯލިން ކޯޑަކީ +255 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޓެންޒޭނިޔަން ޝިލިންގެވެ.
ޓެންޒޭނިޔާގެ ނަން ނިސްބަތްކުރެވިފައިވަނީ އެ ޤައުމުގެ ދެ ސަރަޙައްދުގެ ނަމަށެވެ. ޓެންގަންޔިކާ އާއި ޒޭންޒިބާރެވެ.
ޓެންޒޭނިޔާގެ އުތުރުގައި އޮތީ ކެންޔާ އާއި ޔޫގެންޑާއެވެ. ހުޅަނގުގައި އޮތީ ރުވާންޑާ އާއި ބުރުންޑީ އާއި ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯއެވެ. ދެކުނުގައި އޮތީ ޒެންބިޔާ އާއި މަލާވީ އާއި މުސިންބީއެވެ. އިރުމަތީގައި އޮތީ އިންޑިޔާ ކަނޑެވެ.
މީގެ 10 ވަރަކަށް ހާސް އަހަރުކުރީން ޓެންޒޭނިޔާގައި އާބާދުވީ ޝިކާރަކުރާ މީހުންކަމުގައި ބެލެވިފައިވެއެވެ. މީގެ 2000 ވަރަކަށް އަހަރުކުރީން ހުލަނގު އެފްރިކާއިން ބަންޓޫ މީހުން އައިސް މި ސަރަޙައްދުގައި ވަނީ ވަޒަންވެރިވެފައެވެ. ޚަލީޖު އީރާނާއި ހުޅަނގު އިންޑިޔާގެ ވިޔަފާރިވެރިންނާއި ދަތުރުވެރިންވަނީ މީލާދީން ފުރަތަމަ ސާސްކަފުގެ ތެރޭގައި އިރުމަތީ އެފްރިކާގެ އައްސޭރިއަށް ޒިޔާރަތްކުރަން ފަށާފައެވެ. މީލާދީން 8 ވަނަ ޤަރުނާއި 9 ވަނަ ޤަރުނާ ދެމެދު ސަވާހިލީ އައްސޭރިއަށް ވަނީ އިސްލާމްދީން ފޯރާފައެވެ. އައްސޭރީގެ ޤިޠާޢަށް ކްލެއިމްކުރައްވައި ޢުމާންގެ ރަސްގެފާނު ސައްޔިދު ސަޢީދު ވަނީީ އޭނާގެ ދާރުލްޙުކޫމާ ޒޭންޒިބާރު ޝަހަރަށް 1840 ގައި ބަދަލުކުރައްވާފައެވެ. މި ދުވަސްވަރު ޒޭންޒިބާރުވެފައިވަނީ ޢަރަބި އަޅުންގެ ވިޔަފާރީގެ މަރުކަޒަކަށެވެ. ޢަރަބި ސަވާހިލީ ޒޭންޒިބާރުގެ އާބާދީގެ 65% އާއި 90% އާ ދެމެދުގެ ޢަދަދެއްގެ މީހުންވަނީ އަޅުވެތިކުރެވިފައެވެ. އިރުމަތީ އެފްރިކާގެ އައްސޭރީގައި އަޅުންގެ ވިޔަފާރިކުރި މީހުންގެ ތެރެއިން އެންމެ މަޝްހޫރު އެކަކީ ޓިއްޕޫ ޓިޕްއެވެ. ޚުދު އޭނާއަކީ ވެސް އަޅުވެތިކުރެވިފައިވާ މީހެއްގެ ކާފަ ދަރިއެކެވެ. ޓެންޒޭނިޔާގެ ސަރަޙައްދުތަކުގެ ތެރެއިން ޓެންގަންކިޔާ އިނގިރޭސީންގެ އަތްދަށުން މިނިވަންވެފައިވަނީ 9 ޑިސެންބަރު 1961 ގައެވެ. ޒޭންޒިބާރު އިނގިރޭސީންގެ އަތްދަށުން މިނިވަންވެފައިވަނީ 12 ޖަނަވަރީ 1964 ގައެވެ. މަރުޖަރު މިނިވަންވެފައިވަނީ 26 އެޕްރީލް 1964 ގައެވެ.
އާބާދީގައި 43 މިލިޔަން މީހުން ތިބި ޓެންޒޭނިޔާއަކީ އާބާދީގެ ގޮތުން ދުނިޔޭގެ 30 ވަނަ ޤައުމެވެ. ޓެންޒޭނިޔާގެ އާބާދީއަށް ބަލާއިރު ތިން ބައިކުޅަ އެއްބައިމީހުންނަކީ މުސްލިމުންނެވެ. ތިންބައިކުޅަ އެއްބައިމީހުންނަކީ ނަޞާރާއިންނެވެ. ތިންބައިކުޅަ އެއްބައި މީހުންނަކީ އަދިވާސީ ދީންތަކަށް ތަބަޢަވާ މީހުންނެވެ. ޒޭންޒިބާރަށް ބަލާއިރު، ޒޭންޒިބާރުގެ އާބާދީގެ 99% މީހުންނަކީ މުސްލިމުންނެވެ. ޓެންޒޭނިޔާގެ މުސްލިމުންގެ ތެރެއިން 80% އާއި 90% އާ ދެމެދުގެ މީހުންނަކީ ސުންނީންނެވެ. ޓެންޒެނިޔާގެ މައިކަރައަށް ބަލާއިރުގައި ކޮންމެވެސް ވަރަކަށް އެހެން ދީންތަކުގެ މީހުންވެސް އުޅެއެވެ. މި ގޮތުން ފާހަގަކޮށްލެވެނީ ބުދުދީނުގެ މީހުންނާއި ހިންދޫންނާއި ބަހާއީންނެވެ.
ޓެންޒޭނިޔާއަކީ އެފްރިކާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން މުއްސަނދި ސަގާފަތެއް އޮތް ތަނެކެވެ. ޓެންޒޭނިޔާގެ މިއުޒިކާއި ޓެންޒޭނިޔާގެ ސަގާފީ ނެށުންތަކަކީ މުޅި އެފްރިކާ ބައްރުން ވެސް ހޮވާލެވޭފަދަ ކަންކަމެވެ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.