![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/71/Csinensis.jpg/640px-Csinensis.jpg&w=640&q=50)
ސައިފަތް
From Wikipedia, the free encyclopedia
ސައިފަތް އަކީ ސައިފަތް ގަހުގެ ފަތް އެވެ. މިއީ ތިރިކޮށް ހެދޭ ގަހެއްގެ ފަތެވެ. މިފަތް ހޫނުފެނަށް އެޅުމުން ފެނުގައި ކުލަހިފައެވެ. މީގެ ދެކުލައެއް ހުރެއެވެ. އެއީ ރަތްކުލައާއި ފެހިކުލައެވެ. މިއީ ހޫނުފެނަށް އަޅައި، ކުލައާއި ރަހަނެރެ ބޯންބޭނުންކުރާ އެއްޗެކެވެ. މިގޮތަށް ތައްޔާރު ކޮށްފައި ހުންނަ އެއްޗިއްސަށް ކިޔަނީ ސައެވެ. ސައިފަތް ގަސް(ސައިންޓިފިކް ނަން: Camellia sinensis)ނުވަތަ (އިނގިރޭސި ބަހުން: tea plant) އަކީ އެގަހެއްގެ ފަތް ހޫނުފެނަށް އަޅައިގެން ބޯންބޭނުންކުރާ ގަހެކެވެ. މިގަހުގެ ފަތަށް ކިޔަނީ ސައިފަތެވެ. މީގެ ދެވައްތަރެއް ހުރެއެވެ. އެއް ވައްތަރެއް ހޫނު ފެނަށް އެޅީމާ ހުންނަނީ ރަތްކުލައެވެ. އަނެއް ވައްތަރެއް ހޫނުފެނަށްއެޅީމާ ހުންނަނީ ފެހިކުލައެވެ. ދުނިޔޭގައި އެންމެ ޢާންމުކޮށް ބޭނުންކުރެވެނީ ރަތްކުލައެވެ.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/8/80/Tea_bags.jpg/640px-Tea_bags.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/5/5c/Tea-224-nevit.jpg/640px-Tea-224-nevit.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/7/71/Csinensis.jpg/640px-Csinensis.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/e/e3/Camellia_sinensis_MHNT.BOT.2016.12.24.jpg/640px-Camellia_sinensis_MHNT.BOT.2016.12.24.jpg)