![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/ae/Galapagos_Island_Names.svg/langdv-640px-Galapagos_Island_Names.svg.png&w=640&q=50)
ގަލާޕެގޮސް އައިލެންޑްސް
From Wikipedia, the free encyclopedia
ގަލާޕެގޮސް އައިލެންޑްސް އަކީ ޕެސިފިކް ކަނޑުގައި އެކްއާޑޯގެ 972 ކިލޯ މީޓަރު ހުޅަގުން އޮންނަ އަލިފާން ފަރުބަދަމަތީ ރަށްތަކެކެވެ. ގަލާޕެގޮސް އައިލެންޑްސްއަކީ ދެކުނު އެމެރިކާގެ ގައުމެއް ކަމުގައިވާ އެކްއާޑޯގެ ރަށްތަކެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ. މިރަށްތަކުގެ އާބާދީ އަކީ ގާތްގަނޑަކަށް 40 ހާސް އެވެ. މިރަށްތަކަކީ އެކުއާޑޯގެ ގައުމީ ޕާރކް ނިޒާމްގެ ތެރޭގައި ހިމެނޭ ތަނެކެވެ. މިރަށުގެ އަހުލުވެރިން މައިގަނޑު ގޮތެއްގައި ވާހަކަ ދައްކަނީ ސްޕެނިޝް ބަހުންނެވެ. މިރަށްތަކުގެ ނެވިގޭޝަން ޗާރޓެއް ފުރަތަމަ ކުރަހާފައިވަނީ 1684 ވަނަ އަހަރު އެމްބްރޯސް ކައުލޭ އެވެ. ސްޕެނިޝް ބަހުން ގަލަޕެގޯ ގެ މާނަ އަކީ އަސްދާނު އެވެ. ގަލާޕެގޮސް އައިލެންޑްސް ގެ ތެރޭގައި ހިމެނެނީ މައިގަނޑު 13 ރަށެވެ.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/a/ae/Galapagos_Island_Names.svg/200px-Galapagos_Island_Names.svg.png)