![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/15/Pennant_coralfish_melb_aquarium_edit2.jpg/640px-Pennant_coralfish_melb_aquarium_edit2.jpg&w=640&q=50)
ދިދަމަސް ބިބީ
From Wikipedia, the free encyclopedia
ދިދަމަސް ބިބީ(ސައިންޓިފިކް ނަން: Heniochus acuminatus)ނުވަތަ (އިނގިރޭސި ބަހުން: pennant coralfish) އަކީ ފަރުފަޅުތަކުގެ ބޭރުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިއީ ދިވެހިން އާދަވެގެން ކައިއުޅޭ މަހެއް ނޫނެވެ. މިމަހުގެ ބައްޓަމުން މިއީ ބިބީ އާއިލާގެ ގިނަ މަސްމަހާ ތަފާތު މަހެއް ކަމަށް ވިޔަސް މިއީ ބިބީ އާއިލާގެ މަހެކެވެ. މިމަހަށް ދިވެހިން ދިދަމަސް ކިޔާ އުޅެއެވެ. މިނަންކިޔަނީ ހަމައެކަނި މިމަހަކަށް ނޫނެވެ. މިސިފައަށް ތިބޭ ހުރިހާ މަހަކަށް ވެސް ދިދަމަސް ކިޔާ އުޅެއެވެ. މިނަން ކިޔާފައިވަނީ މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހުންނަ ނަރުވައެއްގެ ސަބަބުން ކަމަށް ލަފާކުރެވެއެވެ. ވުމާއެކު މިއީ ބިބީ އާއިލާގެ މަހެއްކަން އަންގައިދޭ ގޮތަށް މިހާރުވެސް މިހާރުވެސް މިމަހަށް ކިޔާއުޅޭ ނަމާ ގުޅޭގޮތަށް ދިދަމަސް ބިބީ ކިޔާފައިވަނީ އެވެ.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/1/15/Pennant_coralfish_melb_aquarium_edit2.jpg/640px-Pennant_coralfish_melb_aquarium_edit2.jpg)
ދިދަމަސް ބިބީ ގާތްގަނޑަކަށް 8 އިންޗި އަށް ބޮޑުވާކަމަށް ވެއެވެ. ފަރުފަރުގެ ބޭރުން އެކަހެރިކޮށްނާއި، ޖޯޑްޖޯޑަށް އަދި ކުދި އައިން ހަދައިގެންވެސް މިމަސް އުޅެއެވެ. މިއީ ޓޭންކް ތަކުގައި ގެންގުޅެން ފަސޭހަ، ހުރިހާ ބާވަތެއްގެ ތައްޔާރީ ކާނާ ކައިއުޅޭ މަހެކެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 11 ވަރަށް މަދުން 12 ކަށްޓާއި، 24 އާއި 27 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތުގައި 15 އާއި 18 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހުންނަނީ ކޮޅަށް ވަށްކޮށެވެ. މަހުގެ ކުލައަކީ ހުދުކުލައެވެ. މަހުގެ ހުރަހަށް ކަތިކޮށް ހުންނަ ވަރަށް ފުޅާ ކަޅުކުލައިގެ ދެރޮނގު ހުރެއެވެ. މަހުގެ ކަންފަތާއި ނިގޫފަތް، އަދި މަތީ ކޮތަރިބައިގެ ކުލައަކީ ރީނދޫ ކުލައެވެ. ބަނޑުދަށް ފަރާތުގައި ހުންނަ ހަރުކަށިތައް ހުންނަނީ ކަޅުކުލައިގައެވެ. މަހުގެ މަތީގައި ހުންނަ ނަރުވާ ކުލައަކީ ހުދުކުލައެވެ.
![]() | މަހަކާއި ބެހޭ ގޮތުން އެކުލެވިފައިވާ މިމަޒްމޫނަކީ ސްޓަބް އެކެވެ. މި މަޒްމޫނު ފުރިހަމަކޮށް މުއްސަނދިކޮށް ދިނުމުގައި ތިބޭފުޅާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެއެވެ. |