![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/09/Knee_diagram.svg/langdv-640px-Knee_diagram.svg.png&w=640&q=50)
ފިޔަން ކަށިގަނޑު
From Wikipedia, the free encyclopedia
ފިޔަން ކަށިގަނޑު(އިނގިރޭސި ބަހުން: Patella) އަކީ ކަކުލުގެ މަތީގައި އޮންނަ ދުވާ ކަށިގަނޑެކެވެ. ނުވަތަ އެއީ ކަކުލުގެ ކޮޅުގެ ކަށިގަނޑެވެ. މިއީ ތިނެސްކަނަށް އޮންނަ ބޯ ކަށިގަނޑެކެވެ. ކަކޫހުޅު ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދޭ މިކަށިގަނޑު މަތިން އިންނަނީ ފަލަމަސް ކަށިގަނޑުގައި ޖެހޭ ގޮތަށެވެ. ނުވަތަ ބީހޭ ގޮތަށެވެ. މިއީ ޓެންޑަން ތަކުގެ ތެރޭގައި ހިފެހެއްޓިފައިވާ ކަށިތަކުގެ ތެރެއިން ހަށިގަނޑުގައިވާ އެފަދަ އެންމެ ބޮޑު ކަށިގަނޑު އެވެ. ފިޔަން ކަށިގަނޑުގެ މައިގަނޑު ވަޒީފާ އަކީ ކަކޫހުޅު ސީދާ ކުރުމެވެ. ބައެއް މީހުންގެ އުފެދުމުގައި ފިޔަންކަށިގަނޑު ނުހުރެދާނެއެވެ. ނުވަތަ ފިޔަން ކަށިގަނޑުގައި އުނިކަމެއް ހުރެދާނެއެވެ.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/0/09/Knee_diagram.svg/640px-Knee_diagram.svg.png)