ފިރުދޯސީ
ލިޔުންތެރިއެއް / From Wikipedia, the free encyclopedia
Ḥakīm Abu'l-Qāsim Ferdowsī Țusī حکیم ابوالقاسم فردوسی توسی | |
---|---|
އުފަން ތާރީހް | 935 Tus, Iran (Samanid Empire) |
އަވަހާރަވީ ތާރީހް | ފަންވަތް:Death year and age Tus, Iran (Ghaznavid Empire) |
ކުރެއްވި މަސައްކަތް | Poet |
ނަސްލު | Persian |
Period | Samanids and Ghaznavids |
Genre | Persian poetry, national epic |
ޙަކީމް އަބުލް ޤާސިމް ފިރުދޯސީ ތޫސީ (935- 1025މ)، ނުވަތަ ފިރުދޯސީ އަކީ ޝާހްނާމާ ލިޔުއްވި މަޝްހޫރު އަދީބެވެ. ފިރުދޯސީ އަކީ ފާރިސީންގެ އަދަބިއްޔާތުގައި އެންމެ ނުފޫޒު ގަދަ ޅެންވެރިޔާއެވެ. އަދި އަދަބިއްޔާތުގެ ތާރީހުގައި އެއްވަނައިގައި ގުނޭ އަދީބެވެ. އޭނާގެ ހިދުމަތް ފާހަގަކުރުމުގެ ގޮތުން "ލަފުޒުގެ ރަސްގެފާނު" އަދި "ފާރިސީ ބަސް ނަޖާކޮށްދިން ފާރަވެރިޔާ" ފަދަ ލަގަބުތަކުން މުހާތަބު ކުރެވެއެވެ.
ނަން
ފިރުދޯސީގެ ނަމުގެ އަބުލް ޤާސިމް (ޤާސިމްގެ ބައްޕަ) ނިސްބަތް ވަނީ އޭނާގެ ދޮށީ ދަރިއަށެވެ. މިއީ ބައެއް އަރަބި ގައުމުތަކުގައި ނަންދިނުމުގައި ގެންގުޅޭ ސަގާފަތެކެވެ. ފިރުދޯސީ އަކީ އޭނާއަށް ދެވިފައިވާ ލަގަބެކެވެ. މާނައަކީ ސުވަރުގޭގެ ބަގީޗާ އެވެ.
ހަޔާތު
އާއިލާ
ފިރުދޯސީ ނިސްބަތްވަނީ އީރާނުގެ ދަހްޤާން (ބިންވެރިން) ގެ އާއިލާއަކަށެވެ. އަދި އުފަންވެފައިވަނީ 940 ވަނަ އަހަރު، ސަމާނިޔާން ރަސްކަމުގެ ސަރަހައްދުގައި އޮތް ތޫސް ޝަހަރުގެ ޕާޖް އަވަށުގައެވެ. އެއީ މިހާރުގެ ރަޒާވީ ޚުރާސާން ޕްރޮވިންސް އެވެ. މީނާގެ ޅައިރުގެ މާ ގިނަ ތަފްސީލްތަކެއް އެނގޭކަށް ނެތެވެ. ނަމަވެސް އޭނާ ކައިވެންޏެއް ކުރި ކަމާއި، އަންހެނުންނަކީ ލިޔަންކިޔަން ދަންނަ މީހެއްކަމާއި، އޭނާގެ ފިރިހެން ދަރި 37 އަހަރުގައި ނިޔާވިކަމާއި، އަދި އެކަމުގެ ހިތާމައިގައި ޅެމެއް ހަދައި، އެ ޅެން ޝާހުނާމާގައި ހިމަނާފައިވާ ކަން އެނގެއެވެ.
ޝާހްނާމާއިން ދަލީލުކުރާގޮތުގައި ފިރުދޯސީ އަކީ ޝީއީ މުސްލިމެކެވެ.
ފަސްމަންޒަރު
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/5/5f/Ferdowsi_Square_%28Tehran%29.jpg/640px-Ferdowsi_Square_%28Tehran%29.jpg)
7 ވަނަ ގަރުނުގައި މުސްލިމުން އީރާނު ފަތަހަކުރުން ވެގެންދިޔައީ މުޅި އީރާނުގެ ތާރީހު ބަދަލުކޮށްލި ހާދިސާއަށެވެ. އާ ދީނަކަށް އުޅެނެން ފެށުމާއި، އިސްލާމީ ހިލާފަތުގެ ދަށަށް އިރާނު ދިޔުމާއި، ފާރިސީ ބަހުގެ މައްޗަށް އަރަބި ބަހާއި ސަގާފަތު އިސްކުރުން ހިމެނެއެވެ. 9 ވަނަ ގަރުނުގެ ފަހުކޮޅަށް އެޅި އިރު އިސްލާމީ ހިލާފަތުގެ ބާރު ނެތެން ފަށައިފިއެވެ. ނަތީޖާއެއްގެގޮތުން އީރާނުގެ ސަމާނިޔާން ދަރިކޮޅަކުން ވެރިކަން ކުރުން ފެށުނެވެ. ސަމާނިޔާން އަކީ އޭގެ ކުރީގައި ވެރިކަން އޮތް ސާސާނިޔާން ދަރިކޮޅާ ގުޅިފައިވާ ދަރިކޮޅެއް ކަމުގައި ބުނެވެއެވެ. ފިރުދޯސީ ބޮޑުވެގެން އައީ މި ވެރިކަމުގެ ސަރަހައްދުގެ ތޫސް ގައެވެ. މި ވެރިކަމުގެ ފަރާތުން، އަރަބި ބަހުގެ ބަދަލުގައި އާ ފާރިސީބަސް ބޭނުންކުރަން ފެށިއެވެ. އަދި އިސްލާމީ ހިލާފަތުގެ ކުރީގެ އިރާނުގެ ސަގާފަތަށް ހާއްސަ ޝައުގެއް ބެހެއްޓިއެވެ. މިގޮތުން މުސްކުޅި ޕާލަވީ ބަހުން ލިޔެވިފައިވާ ލިޔުންތައް އާ ފާރިސީ އަށް ތަރުޖަމާ ކުރެވުނެވެ. އަދި ތޫސް ގެ ގަވަރުނަރު އަންގަވައިގެން އެތައް އިލްމުވެރިންނެއް އެއްކުރައްވައި ޝާހްނާމާ (ރަސްރަސްކަލުންގެ ވާހަކަ ނުވަތަ ރާދަވަޅި) އެއް ލިޔުއްވި އެވެ. 1010 ވަނަ އަހަރު ލިޔުނު މި ޝާހްނާމާ މިހާރަށް ފެންނަން ނެތްކަމުގައި ވިޔަސް އޭގެ ފަހުން ފިރުދޯސީ ޅެމުން އެކުލަވައިލެއްވި ޝާހްނާމާ ލިޔުއްވުމުގައި ކުރިން މިބުނި ފޮތް އަސްލެއްކަމުގައި ބެއްލެވިއެވެ. އެދުވަސްވަރުގެ ޅެންވެރިންގެ ތެރޭގައި ފާހަގަކުރެވޭ ރުދަކީ އާއި ދަގީގީ ފަދަ ބޭފުުންނަށް ވެރިކަމުގެ ފަރާތުން ގިނަގުނަ އެހީތައް ވެދެއްވާފައި ވާއިރު، ފިރުދޯސީ ޅެންހެއްދެވުމުގައި ހިންގަވާފައިވަނި މިފަދަ ބޭފުޅުންގެ ފިޔަވަލުމަތިން ނެވެ.
ޅެންވެރިކަން
ޝާހްނާމާ ފިޔަވާ އިތުރު ޅެންތައް ފިރުދޯސީ ލިޔެފައިވާނެކަމަށް ބެލެވެއެވެ. އެކުވެރި ޅެންވެރިޔާ ދަގީގީ ގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން ފިރުދޯސީ ޝާހްނާމާގެ މަސައްކަތް ފެށީ 977 ވަނައަހަރުއެވެ. ސަމާނިޔާން ވަލީއަހްދު މަންސޫރުގެ ދީލަތި އެހިތެރިކަމާ އެކު ޝާހްނާމާގެ ފުރަތަމަ ބައި 994 ގައި ނިންމާލިއެވެ. އޭގެ ފަހުން ތުރުކީގެ ގަޒްނަވިންދުން އައިސް ސަމާނިޔާން ބަލިކޮށް ވެރިކަން އަތުލުމަށް ފަހު ފިރުދޯސީ އަނެއްކާވެސް ޝާހްނާމާގެ މަސައްކަތް ފެށިއެވެ. އަދި ގަޒްނަވިންދް ސުލްތާން މަހްމޫދަށް ސަނާކިޔާ ޅެންތައް ލިޔުނެވެ. މުޅި ޝާހްނާމާ އެކީގައި ލިޔެ ނިމުނީ 8 މާރޗް 1010 ގައެވެ.
ޒިޔާރަތް
ފިރުދޯސީ ވަޅުލެވިފައިވަނީ އޭނާގެ އަމިއްލަ ބަގީޗާގައެވެ. ހަރާސާން ގެ ގަވަރުނަރު އެތާގައި ޒިޔާރަތެއް ބިނާކުރިއެވެ. މި ޒިޔާރަތް ވަރަށް ބޮޑަށް ހަލަކުވުމުން، 1928 އަދި 1934 ގައި އަލުން ބިނާކުރެވުނެވެ. މިކަން ކުރެވުނީ ރިޒާ ޝާހްގެ އަމުރަށެވެ.
ހިދުމަތް
ފިރުދޯސީގެ އެންމެ މަގްބޫލް މަސައްކަތަކީ ޝާހްނާމާ އެވެ. އީރާނާއި ފާރިސީ ބަހުން ވާހަކަދައްކާ ގައުމުތަކުގައި މިހާރުވެސް އެންމެ މަޝްހޫރު އަދި ނުފޫޒުގަދަ ފޮތަކީ މިއެވެ. މީގެ އިތުރުން އެތައް ޅެމެއް އޭނާ ލިޔެފައި ވާނެކަން ކަށަވަރެވެ. ނަމަވެސް އޭނާގެ މިފަދަ ގިނަ މަސައްކަތްތައް މިހާރަށް ފެންނާކަށް ނެތެވެ. ވާހަކަ ޅެން "ޔޫސުފާއި ޒުލޭހާ" އަކީވެސް ފިރުދޯސީގެ މަސައްކަތެއް ކަމުގައި ގަބޫލުކުރެވެއެވެ.
- The Sasanian King Khusraw and Courtiers in a Garden, Page from a manuscript of the Shahnameh (Book of Kings), late 15th-early 16th century. Brooklyn Museum.
- The Simurgh, a mythical bird from the Shahnameh. Relief from Ferdowsi's mausoleum
- Scene from the Shahnameh: the Akvan Div throws the sleeping Rostam into the sea
- A scene from the Shahnameh depicting the Parthian king Artaban facing the Sassanid king Ardashir I
- Bathscene
ނުފޫޒް
ޝާހްނާމާ ލިޔެވުމަށް ފަހު އެފާޑުގެ އެހެން އެތައް މަސައްކަތެއް ފާރިސީ ބަހުން ލިޔެވުނެވެ. މި ހުރިހައި ލިޔުމެއްވެސް މައިގަނޑުގޮތެއްގައި ބައްޓަންވެފައި ވަނީ ޝާހްނާމާގެ ފާޑަށެވެ. ނަމަވެސް ޝާހްނާމާ ފަދަ މަޝްހޫރު ނުވަތަ އަދަބީގޮތުން ހަމަހަމަ އެހެން ލިޔުމެއް ނުވެއެވެ.
މީގެ އިތުރުން ގިނަ މީހުން ގަބޫލުކުރާގޮތުގައި ފާރިސީ ބަސް ފިރުދޯސީގެ ޒަމާނުންސުރެ އަދާ ހަމައަށް ގެނެސްދިން ސަވާރީއަކީ ޝާހްނާމާ އެވެ. ފާރިސީންގެ ސަގާފަތާއި، ބަހުގެ އުސޫލުތަކުގެ ހަމަ ހިފެހެއްޓިފައިވަނީ މި ފޮތުގެ ސަބަބުންނެވެ. އަދި މިޒަމާނުގެ ފާރިސީ ބަހުގެ އެންމެ ވަރުގަދަ ތަނބަކީ ޝާހްނާމައެވެ. ފާރިސީންގެ ކޮންމެ ލިޔުންތެރިއެއް އަދި ޅެންވެރިއެއް އެމީހުންގެ އަދަބި މަސައްކަތް ބައްޓަން ކުރުމަށް މައިދިރީއެއް ކަމުގައި އަދިވެސް ބަލަނީ ޝާހްނާމާއެވެ. އެމީހުން އެފޮތް މުތާލިއާ ކުރަކަމުގެ ނިޝާން އެމީހުންގެ ލިޔުންތަކުން ހާމަވެއެވެ.