މެމްބަރު:MAL MALDIVE/sandbox
From Wikipedia, the free encyclopedia
ނެލްސަން ރޮލިހްލަހްލާ މަންޑޭލާ (އުފަންވީ ރޮލިހްލަހްލާ މަންޑޭލާ؛ 18 ޖުލައި 1918 – 5 ޑިސެމްބަރ 2013) އަކީ ދެކުނު އެފްރިކާ އަށް ނިސްބަތްވެވަޑައިގަންނަވާ ނުފޫޒުގަދަ ސިޔާސީ ޝަހުސިއްޔަތެކެވެ. އޭނާ ވަނީ 1994 އިން 1999 އަށް ދެކުނު އެފްރިކާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައެވެ. މަންޑޭލާ އަކީ ދެކުނު އެފްރިކާގެ ޤައުމުގެ އިސް ވެރިއެއްގެ ގޮތުގައި ހޮވުނު އެންމެ ފުރަތަމަ ހަމުގެ ނުލައި ކަޅު ބޭފުޅާއަށެވެ. ހަމައެހެންމެ އެމަނިކުފާނު ވެފައިވަނީ ދިމިޤްރާޠީ ނިޒާމެއްގެ ތެރެއިން ނެގުނު ވޯޓެއްގެ ތެރެއިން ވެރިއަކަށް ހޮވުނު ފުރަތަމަ ރައީސެވެ.
މަންޑޭލާ އުފަންވެވަޑައިގަތީ ދެކުނު އެފްރިކާގެ މްވެޒޯ ގައި އޮންނަ ތެންބޫ ޝާހީ އާއިލާ އަށެވެ. އޭނާ ކިޔަވައިވިދާޅުވީ ފޯރޓް ހޭރ ޔުނިވަސިޓީ އިންނާއި ވިޓްވޯޓަރސަރްނޑް ޔުނިވަސިޓީ އިން ޤާނޫނެވެ. މަންޑޭލާ ވަނީ ޖޯހަނިސްބަރގު ގައި ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ. އެފްރިކަން ނެޝަނަލް ކޮންގްރެސް އަށް ވަދެވަޑައިގެން، 1944 ވަނައަހަރު ސިޔާސީ މައިދާނާއި ގުޅިވަޑައިގަތެވެ.