މިޔަރު
From Wikipedia, the free encyclopedia
މިޔަރު އަކީ ކަނޑުފަޅުގައި ދިރިއުޅޭ މަހެކެވެ. މިޔަރުގެ އަނގަ ހުންނަނީ ނިތްގަނޑުގެ ދަށްފަރާތު ގައެވެ. އަނގައިގައި ވަރަށް ތޫނު ދަތްތަކެއް ހުރެއެވެ. ކޮތަރީގެ ބަދަލުގައި މިޔަރުގައި ހުންނަނީ އުރަހަ އެވެ. ކަންފަތް ހުންނަނީ އެހެން މަސްމަހާ ޚިލާފަށް އުރަހައެއްގެ ސިފައިގައި ބަނޑުދަށް ފަރާތުގައެވެ. މިޔަރުގެ ވަރަށް ގިނަ ވައްތަރު ތައް ހުރެއެވެ.