From Wikipedia, the free encyclopedia
މާލެ އަކީ ދިވެހިރާއްޖޭގެ ވެރިރަށެވެ. އަދި އެންމެ އާބާދީބޮޑު ރަށެވެ. މާލެ އަކީ މާލެ އަތޮޅު( އެައީ ކ.އަތޮޅް)ގެ ދެކުނު ފަރާތުގައިވާ ރަށެކެވެ. ޒަމާނުއްސުރެ މާލެ އަކީ ދިވެހިރާއްޖޭގެ ވެރިކަން ކުރި ރަށެވެ. އަދި ދިވެހިރާއްޖޭގެ ރަސްރަސްކަލުން ރަސްކަންކޮށްފައިވާ ރަށެވެ. މާލެއަށް ކުރީގައި މަހަލް އޭވެސް ކިޔުނެވެ. އިހުގައި މާލެ ވަށާ ބޮޑު ފާރުތަކާއި ދޮރޯށި ލެވިފައިވެއެވެ. ރަސްކަމުގެ ގަނޑުވަރާއި ކޯއްޓޭތަކާއި ބުރުޒުތައް ވަނީ އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ތަޅާލާފައެވެ. އެއީ ރަސްކަން އުވާލެވި ޖުމްހޫއްރިއްޔަތަކަށް ވުމަށްފަހު މާލެ ބަދަލުކުރުމުގެތެރޭގައެވެ. ނަމަވެސް މާލޭ ހުކުރު މިސްކިތް އަދިވެސް ދެމިހުރެއެވެ. ފަހުގެ އަހަރުތަކުގައި މާލެ ވަނީ ހިއްކައިގެން ބޮޑުކޮށްފައެވެ. ނަމަވސް ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބައި މާލޭގައި ދިރިއުޅުމުގެ ސަބަބުން މާލެވަނީ ވަރަށް ބޮޑަށް ތޮއްޖެހިފައެވެ. މާލޭ އާބާދީއަކީ ރާއްޖޭގެ ޖުމްލަ އާބާދީގެ ފަސްބައިކުޅަ އެއްބަ އެވެ. މާލޭގައި ވަޒަންވެރި ވެގެން އުޅޭ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މީހުންނާ އެކު ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ހިއްސާ ކުރަނީ މާލެ އެވެ.[1]
Malé
މާލެ | |
---|---|
City | |
Country | Maldives |
Geographic atoll | North Malé Atoll |
ސަރުކާރު | |
• Council | Malé City Council |
• Mayor | Mohammed Shihab |
ބޮޑުމިން | |
• Total | 5.8 km2 (2.2 sq mi) |
ފަންވަތް:Pluralize from text | ފަންވަތް:Pluralize from text |
Time zone | UTC+05:00 (MVT) |
Area code(s) | 331, 332, 333, 334 |
ISO 3166 code | MV-MLE |
ޤަދީމީ ދުވަސްވަރުގައި މާލެއަށް ކިޔުނު މަހަލް މިނަމުގެ އަސްލު ކަމުގައި ބެލެވިފައިވަނީ ދިވެހިރާއްޖެއަށް ކިޔުނު މަހަލްދުވިޕާ މިނަމެވެ. ދިވެހިރާއްޖެ އަށް އިނގިރޭސިބަހުން ކިޔާ 'މޯލްޑީވްޒް'ގެ މާނައަކީވެސް މާލޭގެ ރަށްތަކެވެ. އެހެންކަމުން ދިވެހިރާއްޖެއަށް ނަން ދެވިފައިވަނީ މާލެއިންނެވެ.[2]
# | އަވަށް | އަކަމިން | އާބާދީ ބޯހިމެނުން 2006 | އަކަބުރަ | ތަން | |
---|---|---|---|---|---|---|
1 | ހެންވޭރު | 59.1 | 23,597 | 39,927.2 | 4°10′27.96″N 73°31′0.19″E | މައި ރަށް |
2 | ގަލޮޅު | 27.6 | 19,414 | 70,340.6 | 4°10′20.96″N 73°30′41.57″E | މައި ރަށް |
3 | މައްޗަންގޮޅި | 32.6 | 19,580 | 60,061.3 | 4°10′31.42″N 73°30′26.88″E | މައި ރަށް |
4 | މާފަންނު | 75.9 | 29,964 | 39,478.3 | 4°10′32.89″N 73°30′13.92″E | މައި ރަށް |
1-4 | މާލެ | 195.2 | 92,555 | 47,415.5 | 04°10′28″N 73°30′34″E | (މައި ރަށް) މާލެ |
5 | ވިލިމާލެ | 31.8 | 6,956 | 21,874.2 | 4°10′24.84″N 73°29′5.33″E | ވިލިނގިލި |
6 | ހުޅުމާލެ | 200.9 | 2,866 | 1,426.6 | 4°13′0.81″N 73°32′25.9″E | |
- | ހުޅުލެ | 151.9 | 1,316 | 866.4 | 4°11′22.12″N 73°31′44.88″E | ވައިގެ ބަނދަރު |
- | ގުޅި ފަޅު | - | - | - | 4°10′35.24″N 73°27′28.07″E | ތަރައްޤީ ކުރަމުންދާ ރަށެއް |
މާލެ (ސިޓީ) | 579.8 | 103,693 | 17,884.3 | 04°10′28″N 73°30′34″E |
ރަސްފަންނު
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.