![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/18/Bep_chaetodon_madagaskariensis.jpg/640px-Bep_chaetodon_madagaskariensis.jpg&w=640&q=50)
މަޑަގަސްކަރަ ބިބީ
From Wikipedia, the free encyclopedia
މަޑަގަސްކަރަ ބިބީ(ސައިންޓިފިކް ނަން: Chaetodon madagaskariensis)ނުވަތަ (އިނގިރޭސި ބަހުން: madagaskar butterflyfish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން މަދުމަދުން ފެންނަ މަހެކެވެ. މިމަސް ގިނައިން އުޅެނީ 10 މީޓަރާއި 40 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. މިމަސް ގިނައިން އުޅެނީ ޖޯޑްޖޯޑަށެވެ. މަދުމަދުން އެކެހެރިކޮށް އުޅޭތަން ވެސް ފެނެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މަހެއް ނޫނަސް ދިރޭމަސް އެކްސްޕޯޓްކުރާ މީހުންނަށް ވަރަށް މަދުން ހިފޭ މަހެކެވެ. ދިވެހިންގެ ތެރޭގައި މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ނެތުމާއެކު މިމަހަށް ކިޔާ ސައިންޓިފިކް، އަދި އިގިރޭސި ނަމާ ގުޅޭގޮތުން މިމަހަށް މަޑަގަސްކަރަ ބިބީ ކިޔާފައިވަނީ އެވެ.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/1/18/Bep_chaetodon_madagaskariensis.jpg/640px-Bep_chaetodon_madagaskariensis.jpg)
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 13 ކައްޓާއިއެކު، 20 ނުވަތަ 21 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު، 16 ނުވަތަ 17 މަޑުކަށި ހުރެއެވެ. މަހުގެ ބޮޑުބައެއް ހުންނަނީ ހުދު އަޅި ކުލައިގައެވެ. މަހުގެ ލޯ ހުރަސްކޮށް ކަޅުކުލައިގެ ރޮނގެއް ދެމިފައި ހުރެއެވެ. މިރޮނގުގެ މަތީން މަހުގެ ތަލައިގައި ވަކިން ކަޅުކުލައިގެ ލަފެއް ހުރެއެވެ. މަހުގެ ދެއަރިމަތީގައި އަޅިކުލައިގެ ރޮނގުތަކެއް ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ ނިގޫފަތުގެ ފަހަތުބައި ހުންނަނީ ރީނދޫ ކުލައިގައެވެ. އަދި މަހުގެ ފަހަތުކޮޅު ހުންނަނީ ވެސް ރީނދޫ ކުލައިގައެވެ.
![]() | މަހަކާއި ބެހޭ ގޮތުން އެކުލެވިފައިވާ މިމަޒްމޫނަކީ ސްޓަބް އެކެވެ. މި މަޒްމޫނު ފުރިހަމަކޮށް މުއްސަނދިކޮށް ދިނުމުގައި ތިބޭފުޅާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެއެވެ. |