މައްކާ
From Wikipedia, the free encyclopedia
މައްކާ (ޢަރަބިބަހުން: مكة المكرمة) އަކީ ތާރީޚީ ޙިޖާޒުގެ ސަރަޙައްދުގައިވާ ސައޫދީ އަރަބިއްޔާގެ މަންޠިޤާ މައްކާ ގެ ވެރި ރަށެވެ. 2004 ގެ ބޯހިމެނުމުގައި ބުނާގޮތުން މައްކާގެ އާބާދީއަކީ 1،294،167 މީހުންނެވެ. މައްކާ އޮތީ ޖިއްދާއާ 73 ކިލޯމީޓަރު (45 މޭލު) ދުރުގައި، އިބްރާހީމް ވާދީގައި ކަނޑުގެ ސަޠުހުން 277 މީޓަރު އުހުގައެވެ. ރަތްކަނޑާއި މައްކާއާ ހުރި ދުރުމިނަކީ 80 ކިލޯމީޓަރެވެ.
- މި މަޒުމޫނު ބިނާވެގެންވަނީ ސައޫދީ އަރަބިއްޔާގެ ޝަހަރުގެ މައްޗަށެވެ. މައްކާ، މި ބަސް ބޭނުން ކުރެވިފައިވާ އެހެން ޙާލަތްތައް ބައްލަވާ ލެއްވުމަށް މައްކާ (އެހެނިހެން ޙާލަތްތަކުގައި)، މި ޞަފްޙާއަށް ވަޑައިގަންނަވާށެވެ.
މައްކާ Makkah al-Mukarramah مكة المكرمة |
|
Makkah al-Mukarramah مكة المكرمة |
|
އޮތްތަން: 21°25′N 39°49′E | |
---|---|
މަންޠިޤާ | މައްކާ |
ސަރުކާރު | |
- މޭޔަރު | އުސާމާ އަލްބައްރު |
އަކަމިން | |
- ޝަހަރު | 26 އަކަކިލޯމީޓަރު (10 އަކަމޭލު) |
އުސްމިން | 277 މީޓަރު (908.8 ފޫޓު) |
އާބާދީ (2004) | |
- ޝަހަރު | 1,294,168 |
މި ޝަހަރުގައި މުސްލިމުންގެ އެއްމެ މުޤައްދަސް ޙަރަމްފުޅު ހުރުމުގެ ސަބަބުން އަދި ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކު ޢުމުރުން އެއްފަހަރު މި ޙަރަމްފުޅަށް، ޙައްޖުވާން އަންނަން ޖެހޭތީ، މި ޝަހަރު ވެފައިވަނީ މުސްލިމުންގެ ޤަދަރު ވަރަށް މަތިވެރި ދަރަޖައަކަށް ދެވިފައިވާ ޝަހަރަކަށެވެ.
މުސްލިމުންގެ ނަބިއްޔާ މުޙައްމަދުގެފާނު އުފަންވެވަޑައިގަތީވެސް މި ޝަހަރުގައެވެ. އެކަލޭގެފާނަކީ މައްކާގެ ޤަދަރުހުރި ޢާއިލާއަކުން ވަޑައިގަތް ބޭކަލެކެވެ. އެކަލޭގެފާނުގެ ކާފާފުޅު ޢަބްދުލްމުއްޠަލިބު މައްކާގެ ވެރިކަން ކުރެއްވިއެވެ. ހަމަ އެފަދައިން އެކަލޭގެފާނުގެ އެހެން ކައުބަފައިންނަކީ ވެސް މައްކާގެ ބޮޑުންގެ ތެރެއިން ހިމެނިގެންވާ ބޭފުޅުންނެވެ.