ވޮޝިންގޓަން، ޑީ.ސީ.
From Wikipedia, the free encyclopedia
ވޮޝިންގޓަން، ޑީ.ސީ. (އިނގިރޭސި ބަހުން: .Washington, D.C) ނުވަތަ ރަސްމީ ގޮތުން ކޮލަމްބިއާގެ އަވަށް (އިނގިރޭސި ބަހުން: District of Columbia) ނުވަތަ ޢާންމު ބަހުން ނަމަ 'ވޮޝިންގޓަން' ނުވަތަ ޑީ.ސީ. އަކީ އެމެރިކާގެ ވެރިރަށެވެ. ވޮޝިންގޓަން، ޑީ.ސީ.ގެ ނަން ނިސްބަތްވަނީ އެމެރިކާގެ ފުރަތަމަ ރައީސް، ޖޯޖް ވޮޝިންގޓަން އަށެވެ. 2011 ގައި މި ޝަހަރުގެ އާބާދީއަށް އަންދާސާ ކުރެވިފައިވާ މިންވަރަކީ 617,996 އެވެ. ވޮޝިންގޓަން އޮންނަނީ އެމެރިކާގެ އިރުމަތީގައެވެ.
Quick Facts
Close
މި ޝަހަރު ބޮޑު މިނަކީ 177 އަކަކިލޯމީޓަރެވެ. މީގެ ތެރެއިން 159 އަކަކިލޯމީޓަރަކީ ބިމެވެ. އަދި ބާކީ 18 އަކަކިލޯމީޓަރަކީ ފެން ހިއްސާވާ ބައެވެ.
މޮޓޯ | Justitia Omnibus (އެންމެންނަށް އިންސާފު) |
މޭޔަރު | ވިންސެންޓް ސީ. ގްރޭ |
އަކަމިން | 177 އަކަކިލޯމީޓަރު |
އާބާދީ | 617,996 |