އެޕެންޑިކްސް ދުޅަވުން
From Wikipedia, the free encyclopedia
އެޕެންޑިކްސް ދުޅަވުން (އިނގިރޭސި ބަހުން: Appendicitis)އަކީ އެޕެންޑިކްސް އެއްކޮށް، ނުވަތަ އޭގެ ބައެއް ބެދުމުގެ ސަބަބުން ނުވަތަ އެޕެންޑިކްސް ގައި އިންފެކްޝަން އަށަގަތުމުގެ ސަބަބުން ދުޅަވުން ކުރިމަތިވުމެވެ. އެޕެންޑިކްސް ދުޅަވުން ކުރިމަތިވެފައިވާކަން އެނގޭ އެންމެ ޢާންމު ނިޝާނަކީ ބަނޑުގެ ކަނާތް ފަރާތުން ތިރީގައި ރިހުން ހުރުމެވެ. ނުވަތަ ބަނޑުގައި ރިހުން އެވެ. މީގެ އިތުރުން ހޮނޑުލުން، މޭނުބައިކުރުން، އަދި ހުންއައުން ފަދަ އުދަގޫތައް މެދުވެރިކުރުވައެވެ.
މައިގަނޑު ގޮތެއްގައި އެޕެންޑިކްސް ދުޅަވުން ކުރިމަތިވަނީ އުމުރުން 35 އަހަރުން ދަށުގެ މީހުންނަށެވެ. މިއީ ފަސޭހައިން ދެނެގަނެވޭ އޮޕަރޭޝަންކޮށްގެން ރަގަޅު ކުރެވޭ ބައްޔެކެވެ. މިގޮތުން ކުރަންޖެހޭ އޮޕަރޭޝަން އަށް ކިޔަނީ އެޕެންޑިކްސް ނެގުން އެވެ.
ފަހަކަށް އައިސް ތަފާތު ބަލިތަކަށް އެންޓިބަޔޮޓިކް ބޭނުންކުރެވޭ މިންވަރު އިތުރުވުމާއި ގުޅިގެން އެޕެންޑިކްސް ދުޅަވުން ޖެހޭ މިންވަރު ދަށްކަމަށްވަނީ ފާހަގަ ކުރެވިފައެވެ. ބައެއް ކަހަލަ ޕަރަސައިޓް ނުވަތަ ފަނީގެ ވަބާ ތައް ޖެހުމަކީ ވެސް އެޕެންޑިކްސް ދުޅަވުން މެދުވެރިކުރުވާ ކަމެކެވެ. އުމުރުން ދޮށީ މީހުންނަށް ވެސް މަދުން ނަމަވެސް މިބަލި ޖެހޭކަމަށް ފާހަގަ ކުރެވިފައި ވެއެވެ. މިފަދަ ޙާލަތްތަކުގައި އެޕެންޑިކްސް ގައި މުލިހި ފާނޑުގެ ދުޅައެއް އުފެދި، އޭގެ ތެރެއަށް މުލިހި ފަޅައިގެން ގޮސް ، އަވަސް ފަރުވާ ލިބެންޖެހޭ ޙާލަތަކަށް ބަދަލު ވެއެވެ.
އެޕެންޑިކްސް ދުޅަވުމަކީ އޭގައި ޖަރާސީމް އަޅައި ދުޅަވެ، ދޮސްގަންނަގޮތް ވުމެވެ. އަދި އޭގެ ސަބަބުން ބަނޑުގައި ރިއްސުމުގެ ޝަކުވާ ކުރަން ފެށުމެވެ.