އެރަޓޮސްތަނީޒް
ލިޔުންތެރިއެއް / From Wikipedia, the free encyclopedia
އެރަޓޮސްތަނީޒް (ޤަދީމީ ޔޫނާނީބަހުން:Ἐρατοσθένης) އަކީ މީލާދުގެ ކުރީން 276 އަހަރާއި 195 އަހަރުގެ ދެމެދުގައި ދުނިޔޭގައި އުޅުނު ޔޫނާނީ ޖުޣުރާފީ، ހިސާބު އަދި ނުޖޫމީ ޢިލްމުވެރިއެކެވެ. އަދި ކުޅަދާނަ ޅެންވެރިއެކެވެ.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/a/a2/Portrait_of_Eratosthenes.png/220px-Portrait_of_Eratosthenes.png)
އޭނާ އަކީ އެންމެ ފުރަތަމަ ޔޫނާނީބަހުން (Geography) މިބަސް ބޭނުންކުރި ފަރާތެވެ. އަދި އެންމެ ފުރަތަމަ ދުނިޔޭގެ ވަށަމިން ހިސާބުކުރި ފަރާތެވެ. އަދި ދުނިޔެ އަރިވެފައިވާ ދަރަޖަވެސް ހިސާބު ކުރިއެވެ. އެންމެ ފުރަތަމަ ދުނިޔޭގެ ޗާޓެއް ކުރެހީވެސް އެރަޓޮސްތަނީޒް އެވެ.