![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/ae/Cinnamomum_camphora20050314.jpg/640px-Cinnamomum_camphora20050314.jpg&w=640&q=50)
ކާފޫރު ގަސް
From Wikipedia, the free encyclopedia
ކާފޫރު ގަސް (ސައިންޓިފިކް ނަން: Cinnamomum camphora)ނުވަތަ (އިނގިރޭސި ބަހުން: Camphor tree)އަކީ ކާފޫރު އެގަހެއްގެ ލަކުނޑިގަނޑުގެ ތެރޭގައި އުފެދިފައި ހުންނަ ގަހެކެވެ. ކާފޫރު ގަސް އެންމެ ބޮޑުވަނީ 30-20 މީޓަރުގެ އުސްމިނަށެވެ. ކާފޫރު ގަހުގެ ފަތް މުގުރުމުން އެއިން ކާފޫރު އިން ދުވާކަހަލަ ވަހެއް ދުވާނެއެވެ. ކާފޫރުގަހުގައި ހުންނަނީ ހުދުކުލައިގެ ކުޑަކުޑަ މަލެކެވެ. އަދި މިގަހުގައި ކަށަވައް ފާނޑަށް ހުންނަ ކުޑަކުޑަ މޭވާއެއް ވެސް އަޅައެވެ. ޖަޕާން، ޗައިނާ، އަދި ޓައިވާން ފަދަ ގައުމުތަކުގައި ލަކުނޑީގެ ބޭނުމުގައި ވެސް ކާފޫރު ގަސް ހައްދައި އުޅެއެވެ. ކާފޫރުގެ ލަކުނޑި ގަނޑަކީ ކުލަ މަޑުކޮށް ހުންނަ ކުރަކި ލަކުނޑި ގަޑެކެވެ. އަދި މިގަހުގެ ތޮށިގަނޑު ވަކިވަކިން ފެޅި ނެއްޓިގެން ދާނެއެވެ.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/a/ae/Cinnamomum_camphora20050314.jpg/320px-Cinnamomum_camphora20050314.jpg)