ރާޒުވާ
From Wikipedia, the free encyclopedia
ރާޒުވާ (އިނގިރޭސިބަހުން: Chess) އަކީ ބުއްދީގެ ކުޅިވަރެކެވެ. މި ކުޅިވަރު ކުޅެނީ 64 ގޮޅި ކުރަހާފައިވާ ފިލާގަނޑެއްގެ މަތީގައެވެ. މި ފިލާގަނޑަށް ކިޔަނީ ރާޒުވާ ގޮނޑިއެވެ. މި ގޮނޑީގެ ކޮންމެ ފަރާތެއްގައި ވާނީ 8 ގޮޅިއެވެ. އެ ގޮޅިތަކަށް ކިޔަނީ ގެ އެވެ. ގެތަކުގައި ކުލަ ޖައްސާފައިވާނީ ދެ ކުލައަކުންނެވެ. މިސާލަކަށް ކަޅާއި ހުދެވެ. ހުދު ގެއަކާއި ޖެހިގެން ކަޅު ގެއެއް ވާ ގޮތަށެވެ.
Quick Facts ކުޅެވުނު މުއްދަތު, ވައްތަރު ...
Close
ރާޒުވާއަކީ ދުނިޔޭގައިވާ އެންމެ މަޝްހޫރު ކުޅިވަރުތަކުގެ ތެރެއިން ކުޅިވަރެކެވެ. އަދި ރާޒުވާއަކީ ޤައުމެއް ކުރިއަރާފައިވާ މިންވަރު ބުނެދޭ މިންގަނޑެއް ކަމުގައި ވެސް ބެލެވެއެވެ.