![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/95/Cervix_uteri%252C_breastfeeding_woman_after_2_births.jpg/640px-Cervix_uteri%252C_breastfeeding_woman_after_2_births.jpg&w=640&q=50)
ރަހިމުގެ ދޮރު
From Wikipedia, the free encyclopedia
ރަހިމުގެ ކަރު (އިނގިރޭސި ބަހުން: Cervix)އަކީ ރަހިމުގެ ތިރީގައި ހިމަކޮށް އިންނަ ބައެވެ. ދިވެހި ބަހުން ބައެއް ފަހަރު ރަހިމުގެ ކަރަށް ރަހިމުގެ ދޮރު މިހެން ވެސް ކިޔައި އުޅެއެވެ. ރަހިމުގެ ކަރު ހުޅުވިފައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަނަށެވެ. ރަހިމުގެ ކަރު އިންނަނީ ސިލިންޑަރެއް ނުވަތަ ކޯން އެއްގެ ބައްޓަމަށެވެ. ރަހިމުގެ ކަރުން އަންހެނާގެ ޖިންސީ ގުނަވަނުގެ ތެރެއަށް ނިކުމެފައި އިންނަ ބަޔަށް ކިޔަނީ އެކްޓޮސާރވިކްސް(Ectocervix) އެވެ. މިބައިގެ ދިގުމިނުގައި 3 ސެންޓިމީޓަރު އަދި ފުޅާމިނުގައި 2.5 ސެންޓިމީޓަރު ހުރެއެވެ. ރަހިމުގެ ކަރުން ރަހިމުގެ ތެރެއަށް ހުޅުވާދޭ ތަނަށް ކިޔަނީ އިންޓާރނަލް އޮސް(Internal Os) އެވެ. އަދި ރަހިމުގެ ކަރުން އަންހެނާގެ ޖިންސީ ގުނަވަނަށް ހުޅުވާދޭ ތަނަށް ކިޔަނީ އެކްސްޓާރނަލް އޮސް(External Os) އެވެ.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/9/95/Cervix_uteri%2C_breastfeeding_woman_after_2_births.jpg/640px-Cervix_uteri%2C_breastfeeding_woman_after_2_births.jpg)