![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f5/Checking_respiration2.jpg/640px-Checking_respiration2.jpg&w=640&q=50)
ހިތް ހުއްޓުން
From Wikipedia, the free encyclopedia
ހިތް ހުއްޓުން(އިނގިރޭސި ބަހުން: Cardiac Arrest) އަކީ ހިތް ކޮންޓްރެކްޓުވުން ފޭލްވުމުގެ ސަބަބުން ކުއްލި އަކަށް ހަށިގަނޑުގެ ބައިތަކަށް ލޭފޯރުކޮށްދިނުން ހުއްޓުމަކަށް އައުމެވެ. ބައެއް ފަހަރު ހިތް ހުއްޓުން އަށް ލޭދައުރުވުން ހުއްޓުން މިހެން ވެސް ކިޔައި އުޅެއެވެ. ހިތް ހުއްޓުމުން ހަށިގަނޑުގެ ބައިތަކަށް އޮކްސިޖަން ފޯރުކޮށެއް ނުދޭނެއެވެ. މިހާލަތަށް ކުއްލިއަކަށް ހިތް ހުއްޓުން މިހެން ވެސް ކިޔައެވެ.
ހިތް ހުއްޓުން ކުރިމަތިވެއްޖެނަމަ ސިކުނޑި އަށް އޮކްސިޖަން ފޯރުކޮށްދިނުން ހުއްޓި، ހޭނެތުން، ނުވަތަ ޚަބަރު ހުސްވުން، ނޭވާ ހުއްޓުން، ނުވަތަ ނޭވާލުން ދަށްވުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.
ކުއްލިއަކަށް ހިތް ހުއްޓުމަކީ ކުރިން އެއްވެސް އިންޒާރެއް އަދި ސީރިޔަސް ބައްޔެއްގެ އަލާމާތެއް ފެނުމެއްނެތި، ކުއްލިއަކަށް ހިތުގެ ވިންދު އެކީގައި ހުއްޓުމެވެ. މިހެން ދިމާވުމުން ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ކަމަށްވާ ސިކުނޑި އަދި އެނޫން ވެސް މުހިއްމު ގުނަވަންތަކަށް ލޭގެންގޮސްދިނުން ހުއްޓެއެވެ. ނަތީޖާޢެއްގެ ގޮތުން މަދު މިނިޓްކޮޅެއްގެ ތެރޭގައި އެގުނަވަންތަކުގެ މަސައްކަތްކުރުން ވެސް ހުއްޓާލައެވެ. އަދި މިމަދު މިނިޓްކޮޅުގެ ތެރޭގައި ހިތުގެ ވިންދު އަލުން އަނބުރާ ނުގެނެވިއްޖެނަމަ، އެމީހާ މިދުނިޔެއާއި ވަކިވެއެވެ.
ކުއްލިއަކަށް ހިތް ހުއްޓުމާއި ހާރޓް އެޓޭކް ޖެހުން އާއި ތަފާތު ތަކެއްވެއެވެ. ހާރޓް އެޓޭކްޖެހުމުގެ މާނައަކީ ހިތުގެ މަސްތަކަށް ލޭ ގެނެސްދޭ ހޮޅިއެއް ބަންދުވުމުގެ ސަބަބުން، ހިތުގެ ހިނގުމަށް ބަދަލުއައިސް މަޑުމަޑުން ހުއްޓުމެވެ. މިހާލަތުގައި ކުއްލިއަކަށް ހިތެއް ނުހުއްޓޭނެ އެވެ.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/f/f5/Checking_respiration2.jpg/640px-Checking_respiration2.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/b6/Carotidian_pulse_%28clear%29.jpg/320px-Carotidian_pulse_%28clear%29.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/3e/Insulfation2.jpg/640px-Insulfation2.jpg)