![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5a/Leopard_shark.jpg/640px-Leopard_shark.jpg&w=640&q=50)
ހިތަ މިޔަރު
From Wikipedia, the free encyclopedia
ހިތަ މިޔަރު(އިނގިރޭސި ބަހުން: Stegostoma fasciatum)ނުވަތަ (އިނގިރޭސި ބަހުން: Zebra shark) އަކީ ކަޅު ކުލައިގެ ތިކި ތަކެއް ގައިގައި ޖަހައިފައި ހުންނަ ރީދޫ ކުލައިގެ މިޔަރެކެވެ. މިމިޔަރު ފާހަގަވެގެންދަނީ މިޔަރުގެ ހަށިގަނޑުގައި ޖަހާފައި ހުންނަ ކަޅު ތިކި ނުވަތަ ފިތް ނުވަތަ ލައް ތަކުގެ ސަބަބުންނެވެ. އިންޑޯ ޕެސިފިކް ކަނޑުގެ ހިސާބު ތަކުގައި މިވައްތަރުގެ މިޔަރު ގިނަކަން ފާހަގަ ކުރެވެއެވެ. އާއްމު ގޮތެއްގައި މިވައްތަރުގެ މިޔަރު އުޅޭކަމަށް ފާހަގަވަނީ 30-5 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/5/5a/Leopard_shark.jpg/320px-Leopard_shark.jpg)
މިވައްތަރުގެ މިޔަރު ޅައިރު ގައިގައި ހުންނަ ފިތްތައް ހުންނަނީ ޒެބްރާގައިގައި ހުންނަ ރޮގުތަކުގެ ސިފަޔަށެވެ. އިގިރޭސި ބަހުން ކިޔާ (އިނގިރޭސި ބަހުން: Zebra shark) މިމިޔަރަށް ކިޔަނީ މިސަބަބަށްޓަކައެވެ. އެއަށްފަހު ތިކިތައް މިނިކާ ވަގުގެ ވައްތަރެއް ކަމުގައިވާ ލެޕަރޑް ގެ ގައިގައި ހުންނަގޮތަށް ފިތްތައް ބަދަލުވެއެވެ. އެހެންވެ މި ވައްތަރުގެ މިޔަރަށް (އިނގިރޭސި ބަހުން: leopard shark) އޭ ވެސް ކިޔައެވެ.