ހިންދީ
From Wikipedia, the free encyclopedia
ހިންދީ، ބަހަކީ ހުޅަނގު-ހިންދުސްތާނީ އާއިލާގެ ބަހެކެވެ. މައިގަނޑު ގޮތެއްގައި ހިންދީ ބަހުން ވާހަކަ ދައްކާ މީހުން ތިބީ އުތުރާއި މެދުތެރެއާއި ހުޅަނގު ހިންދުސްތާނުގައެވެ. ހިންދުސްތާނުގެ ރަސްމީ 18 ބަހުގެ ތެރެއިން އެންމެ މުހިއްމު ބަހެވެ. ވަރަށް ގިނަ ފަހަރު ހިންދީ ބަހާއި އުރުދޫ ބަހާ ދެމެދު ހުންނަނީ ކޮން ތަފާތުތަކެއް ކަމާ މެދު ސުވާލު އުފެދޭތަން އާދެއެވެ. މި ސުވާލުގެ ޖަވާބަކީ، ހިންދީ ބަހާއި އުރުދޫ ބަހަކީ ހިންދުސްތާނީ ބަހުގެ ދެގޮތްޕެވެ. ހިންދީ ބަސް ލިޔަނީ ދޭވަނާގަރީ އަކުރުންނެވެ. އުރުދޫ ބަސް ލިޔަނީ ފާރިސީ އަކުރުންނެވެ. ހިންދީ ބަހުގެ ބަސްކޮށާރުގައި ގިނައީ ސެންސިކިރުތު ޝަބްދުތަކެވެ. އުރުދޫ ބަހުގެ ބަސްކޮށާރު ބިނާވެފައި ވަނީ ފާރިސީ ލަފުޒުތަކުގެ މައްޗަށެވެ. ބޮލީވުޑްގެ ފިލްމުތަކުގައި ބޭނުން ކުރަނީ އުރުދޫ ބަހާއި ހިންދީ ބަހުގެ ވެސް އަސްލު ކަމުގައިވާ ހިންދުސްތާނީ ބަސް ކަމަށް ވުމުން އުރުދޫ ބަސް ދަންނަ މީހުންނަށް ވެސް އަދި ހިންދީ ބަސް ދަންނަ މީހުންނަށް ވެސް ފިލްމީ ބަހުރުވަ އެނގެނީއެވެ.
ހިންދީ हिन्दी hindī | |
ވާހަކަދައްކާތަން: | ހިންދުސްތާން |
ވާހަކަދައްކާ ސަރަހައްދު: | ދެކުނު އޭޝިޔާ |
ވާހަކަދައްކާ މީހުންގެ އަދަދު: | 480 މިލިއަން ދޭސީން |
ވަނަ: | 2 |
ބަސް ނިސްބަތްވާ އާއިލާ: | ހުޅަނގު - ހިންދުސްތާނީ ހިންދު - އީރާނީ ހިންދު - އާރީ ހިންދީ |
ލިޔުމުގެ ނިޒާމު: | ދޭވަނާގަރީ |
ރަސްމީ ހައިސިއްޔަތު | |
ރަސްމީބަސް: | ހިންދުސްތާނު ގައި |
ގަވައިދު އެކަށައަޅަނީ: | މަރުކަޒީ ހިންދީ އިދާރާއިން |
ބަހުގެ ކޯޑުތައް | |
ISO_639-1 | hi |
ISO_639-2 | hin |
ISO_639-3 | hin |