ކުޑަ ގޮހޮރު
From Wikipedia, the free encyclopedia
ކުޑަ ގޮހޮރު(އިނގިރޭސި ބަހުން: Small intestine) އަކީ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ. މިގުނަވަން އޮންނަނީ އެތެރެހަށީގައި މައިދާ އާއި ބޮޑު ގޮހޮރު އާއި ދެމެދުގައެވެ. އެހެންކަމުން ކުޑަ ގޮހޮރު ފެށިފައި އިންނާނީ މައިދާ ނިމޭ ހިސާބުންނެވެ. އަދި ނިމިފައި އިންނާނީ ބޮޑު ގޮހޮރު ފެށޭ ހިސާބަށެވެ. އިންސާނުންގެ ކުޑަ ގޮހޮރުގެ ދިގުމިނުގައި ގާތްގަނޑަކަށް 7 މީޓަރު ނުވަތަ 21 ފޫޓް ހުރެއެވެ. ބައެއް އިލްމު ވެރިން ވިދާޅުވާ ގޮތުން ކުޑަ ގޮހޮރުގެ ދިގުމިނުގައި އެވްރެޖްގޮތެއްގައި ހުންނަނީ 7-4 މީޓަރާއި ދެމެދުގެ މިންވަރެކެވެ.
Small intestine | |
---|---|
ކުޑަގޮހޮރު ދައްކައިދޭ ތަސްވީރެއް | |
Latin | intestinum tenue |
Gray's | subject #248 1168 |
Nerve | celiac ganglia, vagus |
MeSH | Small+intestine |
Dorlands/Elsevier | i_11/12456563 |
ކުޑަ ގޮހޮރު އެކުލެވިގެންވަނީ މައިގަނޑު 3 ބައެއްގެ މައްޗަށެވެ. އެބައިތައް ތިރީގައި މިވަނީއެވެ.
- ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ނުވަތަ ޑުއަޑީނަމް
- ކުޑަ ގޮހޮރުގެ މެދު ބައި ނުވަތަ ޖެޖޫނަމް
- ކުޑަ ގޮހޮރުގެ ފަހު ބައި ނުވަތަ އިލިއަމް
އާންމު ގޮތެއްގައި ބޮޑު ގޮހޮރުއަށްވުރެ ކުޑަ ގޮހޮރު 5-4 ވަރަކަށް ގުނަ ބޮޑުވެފައި ދިގެވެ. ކުޑަ ގޮހޮރުގެ އެތެރޭގެ ހުރަސް ދިގު ވަށަމިނުގައި އެވްރެޖްގޮތެއްގައި ހުންނަނީ ގާތްގަނޑަކަށް 3-2.5 ސެންޓި މީޓަރާއި ދެމެދުގެ މިންވަރެކެވެ. މިމިން ބޮޑު ގޮހޮރުގައި އުޅެނީ 7.6 ސެންޓި މީޓަރުގައެވެ.