ހަރު ތަލި
From Wikipedia, the free encyclopedia
ހަރު ތަލި(އިނގިރޭސި ބަހުން: Hard Palate) އަކީ މަތީ ތަލީގެ ކުރިމަތީ ގައި އިންނަ ހަރު ބަޔެކެވެ. މިއީ އަނގައިގެ ފުރާޅު ކަމުގައި ބެލެވިދާނެއެވެ. އަދި ދިވެހިން އާންމުކޮށް މަތީ ތަލި ކިޔަނީ ވެސް މިބަޔަށެވެ. އަދި ހަރު ތަލި އަކީ މަތީ ތަލީގެ ކުރިމަތީ ތިންބައިކުޅަ ދެބަޔެވެ.
ހަރު ތައްޔަކީ ކަށިން އުފެދިފައިވާ ބައެކެވެ. ހަރުތަލި އުފެދިފައިވަނީ ތަފާތު ދެކަށިގަނޑެއް ގުޅިގެންނެވެ. އެއީ މެކްސިލާ ކަށިގަނޑުގެ ޕަލަޓައިން ޕްރޮސެސް، އަދި ތަލި ކަށިގަނޑުގެ ހުރަސް ޕްލޭޓް އެވެ.
އާންމު ގޮތެއްގައި ބަލާއިރު ހަރު ތައްޔަކީ އަނގަޔާއި، ނޭފަތުގެ މަގު ވަކިކޮށްދޭ ހުރަހެކެވެ. ހަރު ތަލީގެ ފަހަތުން އިންނަ މަޑު ބަޔަކީ މަޑު ތަލި އެވެ.